
މާލޭގައި މަސްތުވާ ތަކެއްޗަށް ފަރުވާދޭ ގްރީންގެއަށް މިނިސްޓަރު އިހްސާންގެ ޒިޔާރާތެއް!
# ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ--
މާލޭގައި މަސްތުވާ ތަކެއްޗަށް ފަރުވާދޭ ގްރީންގެއަށް ދާހިލީ ވަޒީރު އަލީ އިހްސާން ޒިޔާރާތްކުރައްވައިފި އެވެ.

ދާހިލީ ވުޒާރާއިން ބުނީ މިނިސްޓަރ ޢަލީ އިޙްސާން މިއަދު ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓުގެ ފަރާތުން މާލޭގައި މަސްތުވާ ތަކެއްޗަށް ފަރުވާދޭ ގްރީންގެއަށް ޒިޔާރާތްކުރައްވައި އެތަނުގައި ކުރަމުންދާ މަސައްކަތްތަކާ ތަނުގެ ހާލަތު ބައްލަވާ، މުވައްޒަފުންނާ ބައްދަލުކޮށް ހުރި ކަންބޮޑުވުންތަށް އަޑުއައްސަވާފައިވާ ކަމަށެވެ.
އަދި މަސްތުވާތަކެއްޗަށް އޮންނަ ޑިމާންޑު ކުޑަކޮށް، ބާއްޖަވެރި މުޖުތަމަޢަކަށް ސަރުކާރުން ކުރާ މަސައްކަތުގައި އެފާރާތްތަކުން އަދާކުރައްވާ ދައުރު ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވިކަމަށްވެސް ދާހިލީ ވުޒާރާއިން ވަނީ ބުނެފައި އެވެ.
މި ޒިޔާރާތަށްފަހު މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ އެންޑީއޭއިން ދެމުންގެންދާ ޚިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަށްޓަކައި ގްރީންގެ ހުރި ބިމުގައި އައު އިމާރާތެއް އެޅުމުގެ ވިސްނުން ސަރުކާރުގައި ހުރި ކަމަށެވެ.
ގްރީންގެ މަސްތުވާތަކެއްޗަށް ފަރުވާދޭ ތަނަކަށް ހަދައި އެންޑީއޭގެ ބެލުމުގެ ދަށުން ބޭނުންކުރަން ފެށީ 2007 ވަނަ އަހަރުއެވެ.
ގުޅުންހުރި

ހިންމަފުށީގައި ހުންނަ ޑީޓީއާރްސީގެ ކްލައިންޓުންނަށް ހުނަރު ދަސްކޮށްދިނުމަށް އެއްބަސްވެއްޖެ

އައިޑީކާޑުގެ ޚިދުމަތް އދ.އަތޮޅުގައިވެސް ފަށައިފި

ގަމުގައި އެޅުމަށް ހަމަޖެހިފައިވާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރާ ގުޅޭގޮތުން މަޝްވަރާކޮށްފި
