logoEN
Sto top
ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަށް ރައީސް އޮފީހުގައި ޚާއްސަ ސެކްޝަނެއް!

ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަށް ރައީސް އޮފީހުގައި ޚާއްސަ ސެކްޝަނެއް!

އަހުމަދު ޝުރާއު

logo

2/2/2025, 3:31:29 PM

# ރައީސް މުއިއްޒު

--

ސިފަައިންނާއި ފުލުހުންގެ ލަޝްކަރު ބޮޑުކުރުމަށާއި، ސްކޫލް ނިމޭ ދަރިވަރުންނަށް އަމާޒުކޮށް ހިންގުމަށް ހަމަޖެހިފައިވާ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް ފެށުމަށްޓަކައި ރައީސް އޮފީހުގައި ޚާއްސަ ސެކްޝަނެއް އުފައްދައިފި އެވެ.

Wamco

މި ޕްރޮގްރާމް ފެށުމަށްޓަކައި ރައީސް އޮފީހުގައި އަލަށް އުފެއްދީ ނޭޝަނަލް ސާވިސް ކޯޑިނޭޝަން ސެކްރެޓޭރިއެޓް ނަމަކަށް ކިޔާ ސެކްޝަނެކެވެ. އެގޮތުން މިއަދު ރައީސް އޮފީހުން ވަނީ މި ސެކްޝަނަށް ށް ޑެޕިއުޓީ ޑިރެކްޓަރަކާއި އެސިސްޓެންޓް ޑިރެކްޓަރެއް ހޯދަން އިއުލާނުކޮށްފައި އެވެ.

އެގޮތުން އެ ދެ މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ނޭޝަނަލް ސާވިސް ޕްރޮގްރާމާ ގުޅޭ ގޮތުން އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ސެކްރެޓޭރިއޭޓް ހިންގަވާ އިސް ބޭފުޅެއްގެ މަޝްވަރާގެ މަތިން ހިންގުމާއި ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރުމުގެ އިތުރުން ޕްރޮގުރާމް ހިންގުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެ ޓައިމްލައިން ތައްޔާރުކޮށް، މޮނިޓާކުރުމާއި ޕްރޮގްރާމުގެ މަގުސަދު ހާސިލުވަމުންދާ މިންވަރު ބަލައި އެސެސްމަންޓް ހެދުމެވެ.

މި ސެކްޝަނުގެ ޑެޕިއުޓީ ޑިރެކްޓަރަކުގެ މަގާމަށް 15،918 ގެ މުސާރައެއް ހުށަހަޅާފައިވާއިރު އެސިސްޓެންޓް ޑިރެކްޓަރަކަށް 14،700 ރުފިޔާ މުސާރައެއް ދިނުމަށް ވަނީ ހަމަޖެހިފައި އެވެ.

ގައުމީ ހިދުމަތުގެ ޕްރޮގްރާމެއް ފަށަން ނިންމަވާފައިވާކަން ރައީސް ޑރ މުހައްމަދު މުއިއްޒު ރަސްމީކޮށް އިއުލާނުކުރެއްވީ މިދިޔަ އަހަރު ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އެވެ. އެގޮތުން ވެ، ގައުމީ ޚިދުމަތުގެ ޕްރޮގްރާމް ފަށަނީ، އުމުރުން 16 އަހަރުވުމަށްފަހު އިތުރަށް ނުކިޔަވާނަމަ، އެ ޕްރޮގްރާމްގެ ބައިވެރިވާން ޖެހޭ ގޮތަށް ކަމަށާއި އެ ޕްރޮގްރާމްގެ ސަބަބުން އެފަދަ ދަރިވަރުންނަށް ރަނގަޅު ތަރުބިއްޔަތަކާއެކީ މިލިޓަރީ ތަމްރީން ދެވި، ވަޒީފާ ލިބޭ ބަޔަކަށް ހެދިގެންދާނެ ކަމަށް ރައީށް ވިދާޅުވިއެވެ.

އަދި ކޮންމެ އަހަރަކުވެސް އޭލެވެލްއަށް ވަދެވޭ ވަރަށް އޯލެވެލްއިން ފާސްނުވާ ދަރިވަރުންގެ އަދަދު 2000އާއި 3000އާ ދެމެދުގެ އަދަދަކަށް އަރައެވެ. އަދި އޭލެވެލް ނިންމާފައި ޑިގްރީ ނުފެށޭ 500-1000 ދަރިވަރުން އެބަތިކަން ރައީސް ވަނީ އެވަހާކަފުޅުގައި ފާހަގަކުރައްވާފައި އެވެ.

ޤައުމީ ޚިދުމަތުގެ ޕްރޮގްރާމްގެ ސަބަބުން ސިފައިންގެއަށް 4،000 މީހުން އަދި ފުލުހުންގެ ޚިދުމަތަށްވެސް 1،000 މީހުން އަލަށް ގުޅޭނެކަމަށް ބެލެވޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside