logoEN
Sto top
އުލިގަން ބަނދަރު މަޝްރޫއުއަށް ބޭނުންވާ އެއްގަމު ތޮށީގެ ބްލޮކްގެ ފަހު ޝިޕްމެންޓު އެރަށަށް!

އުލިގަން ބަނދަރު މަޝްރޫއުއަށް ބޭނުންވާ އެއްގަމު ތޮށީގެ ބްލޮކްގެ ފަހު ޝިޕްމެންޓު އެރަށަށް!

އަހުމަދު ޝުރާއު

logo

2/2/2025, 11:11:45 AM

# ހއ. އުލިގަން

--

ހއ އުލިގަން ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ހާމަކޮށްފި އެވެ.

Wamco

އެމްޓީސީސީއިން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައި އެވެ. އެގޮތުން އެކުންފުނިން ބުނީ ހއ. އުލިގަން ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ އެއްގަމު ތޮށީގެ ބްލޮކްގެ ފަހު ޝިޕްމެންޓް މިހާރު ވަނީ ސައިޓަށް ގެންދެވިފައި ކަމަށެވެ.

އަދި، ސައިޓުގައި މިހާރު ކުރިއަށްދަނީ ބްލޮކް ބާލައި ހަރުކުރުމުގެ މަސައްކަތް ކަންވެސް އެކުންފުނިން ހާމަކުރެއެވެ.

އުލިގަމު ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، 10,400 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 46،181 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި 21،708 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 238 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 238 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 183 މީޓަރުގެ ސޭންޑްފިލްޑް ބޭރުތޮށި އައުޓަރ ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން، 162 މީޓަރުގެ ސޭންޑްފިލްޑް ބޭރުތޮށި އިނަރ ރިވެޓްމެންޓެއް ޖެހުމާއި، 180 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމާއި، 300 މީޓަރުގެ ގްރޮއިން ޖެހުމާއި، 11 މީޓަރު ފުޅާ ބްރިޖެއް ހެދުމުގެ އިތުރުން، 2200 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 73.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside