
--
ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކަށް އިތުރު ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެކުންފުނީގެ އައު ޑީއެމްޑީއަކަށް މުހައްމަދު އާރިފް އައްޔަނުކުރައްވާފައިވާ ކަމަށާއި މިއާއިއެކު އޭނާއަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އާރިފްގެ ލީޑަރޝިޕުގައި ފެނަކަ އަށް އިތުރު ކުރި އެރުން ލިބިގެންދާނެ ކަމަށް އުންމީދުކުރާކަމަށްވެސް އެކުންފުނީގެ ޕޯސްޓުގައި ބުނެފައިވެއެވެ.
އާރިފް އަކީ ފެނަކައިގެ މިހާރުގެ ލީޑަރޝިޕުގެ ދެވަނަ ޑީއެމްޑީއެވެ. އެގޮތުން މުހައްމަދު އާރިފް އާއި އެކު އެކުންފުނީގެ ދެވަނަ ޑީއެމްޑީއަކަށް ހުންނެވީ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދު މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ އިސްތިއުފާ ދެއްވުމާއި ގުޅިގެން އެކުންފުނީގެ އެމްޑީގެ މަގާމަށް މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު ވަނީ އައްޔަންކޮށްފަ އެވެ. އެއާއި އެކު މުއާޒްގެ ލީޑަރޝިޕުގައި އެކުންފުނީގެ ޑީއެމްޑީގެ މަގާމުގައި ހުންނެވީ ހުސައިން ޒުހުރީ ވެސް ވަނީ އިސްތިއުފާ ދެއްވާފައި އެވެ.
ގުޅުންހުރި

ނޭކުރެންދޫގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރަން 400 ކިލޯވޮޓްގެ ޖެންސެޓްގެ ކޭބަލްތައް އާކުރުމުގެ މަސައްކަތް ފަށައިފި

ސާފު އަދި ރައްކާތެރި ބޯފެން ކަށަވަރުކުރަން ކެނދިކުޅުދޫ ފެން ޕްލާންޓް އެކީގައި ސާފުކޮށްފި

މާރަންދޫގެ ފެން ހޮޅިއަށް ދިމާވި މައްސަލަ ހައްލުކޮށް، ރަށަށް އަލުން ފެނުގެ ޚިދުމަތް ދޭން ފަށައިފި - ފެނަކަ




