logoEN
PNC TOP 3
ހުވަދު އަތޮޅު ހިމެނޭހެން ބައެއް ސަރަހައްދުތައް ހުދު ސަމާލުގައި!

ހުވަދު އަތޮޅު ހިމެނޭހެން ބައެއް ސަރަހައްދުތައް ހުދު ސަމާލުގައި!

އަހުމަދު ޝުރާއު

logo

1/27/2025, 6:53:01 AM

# ހުދު ސަމާލު

--

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފި އެވެ.

PNC MID 2

މޫސުމާއި ބެހޭ އިދާރާއިން ހުދު ސަމާލު ނެރުނީ ފ އަތޮޅުން ފެށިގެން ހުވަދު އަތޮޅާއި ހަމައަށް މިއަދުގެ 12:00 އިން ފެށިގެން 17:00 ގެ ނިޔަލަށެވެ.

މި ސަމާލުގެ މުއްދަތުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަަށް ވައިގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން މިއަދުގެ 10:30 އިން 16:30 އަށް ހއ އަތޮޅުން ފެށިގެން ވ އަތޮޅާއި ހަމައަށްވެސް ހުދު ސަމާލު ވަނީ ނެރެފައި އެވެ.

އެސަރަހައްދަށްވެސް ހުދު ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހުމާއި އެކު ގުގުރުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަަށް ވައިގަދަވާނެ ކަމަށް ލަފާކޮށެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC