
--
ފުވައްމުލަކު ސިޓީގައި ކްރިއޭޓަރ ހަބެއް ގާއިމުކުރަން ނިންމައި، އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި ޚާއްސަ ހަބް ތަރައްޤީކުރުމަށް ސޮއިކޮށްފައިވަނީ ފުވައްމުލައް ސިޓީ ކައުންސިލާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި ދެމެދުއެވެ.
މިކަމާއި ގުޅޭ އެއްބަސްވުމުގައި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒިޔާއު މުޙައްމަދެވެ. ފުވައްމުލަކު ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ފުވައްމުލައް ސިޓީ ކައުންސިލުގެ މޭޔަރު އިސްމާއީލް ރަފީގެވެ.
ފުވައްމުލަކު ސިޓީގެ ލޯކަލް މާރުކޭޓުގެ ފުރަތަމަ ފަންގިފިލާގައި ގާއިމުކުރުމަށް ނިންމާފައިވާ މި ކްރިއޭޓަރ ހަބް ގެ މައުލޫމާތު ދެއްވަމުން ޒިޔާއު ވިދާޅުވީ އަތޮޅުތަކުގައި ގާއިމް ކުރެވޭ ކްރިއޭޓަރ ހަބުތަކާއެކު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރާ އެއްގޮތަށް ރާއްޖޭގައި ފަންނުވެރި އިގްތިސާދެއް ބިނާކުރުމަށް ކުރެވޭ މަސައްކަތް ހަލުވި ވެގެންދާނެ ކަމަށެވެ.
މީގެއިތުރުން ފަންނުވެރިންނަށް ފުރުސަތުތައް ފަހިވެ، ދިމާވާ ދަތިތަކަށް ހައްލު ލިބޭނެކަން ފާހަގަކުރައްވާފައި ވެއެވެ.
ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ކަންކަމުގެ ތެރޭގައި ސިޓީތައް ތަރައްގީކުރާއިރު އިނޮވޭޝަން ހަބުތަކާއި ޓެކްނޮލޮޖީ ޕާކްފަދަ އުމްރާނީ ވަސީލަތްތައް ހިމެނޭގޮތަށް ގައުމީ މާސްޓަރ ޕްލޭން އެކުލަވާލުން ހިމެނެއެވެ.
ގުޅުންހުރި

އުފެއްދުންތެރިކަމުގެ މައުރަޒުގައި ޤައިދީންނާއި ޕްރިޒަން އޮފިސަރުންގެ ހުނަރުތައް ދައްކާލައިފި

ފުވައްމުލަކުގައި ކްރިއޭޓާ ހަބެއް ގާއިމްކުރަނީ
.webp&w=3840&q=75)
އާރޓްސް އެންޑް ކަލްޗަރ ސެންޓަރެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
