logoEN
Sto top
ސީވިޝަން އެޕްލިކޭޝަންގެ އޮޕަރޭޓަރުން ތަމްރީނުކުރާ ކޯހެއް ހިންގައިފި

ސީވިޝަން އެޕްލިކޭޝަންގެ އޮޕަރޭޓަރުން ތަމްރީނުކުރާ ކޯހެއް ހިންގައިފި

އަހުމަދު ޝުރާއު

logo

1/24/2025, 10:22:41 AM

# ދިވެހި ސިފައިން

--

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ޔުނައިޓެޑް ސްޓޭޓްސް އޮފީސް އޮފް ޑިފެންސް ކޯޕަރޭޝަން (އޯޑީސީ) ގުޅިގެން "ސީވިޝަން އެޕްލިކޭޝަން" ގެ އޮޕަރޭޓަރުން ތަމްރީނުކުރާ ކޯހެއް ހިންގައިފިއެވެ.

Wamco

މިި ކޯސް ނިންމުމުގެ ގޮތުން މިއަދު ބަންޑާރަކޮށި އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓިފިކެޓް ހަވާލުކޮށްދެއްވީ، ކޯސްޓްގާޑްގެ ޓްރެއިނިންގ ޑިވެލޮޕްމެންޓް އެންޑް ރިސަރޗް ޑިޕާޓްމަންޓްގެ ޑައިރެކްޓަރ، ލެފްޓިނެންޓް ކާނަލް އަންވަރު ޒާހިރުއެވެ.

މި މަހުގެ 19 އިން 23 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ކޯސް، 21 ބައިވެރިޔަކު ފުރިހަމަކޮށްފައިވެއެވެ.

މި ތަމްރީނު ކޯހަކީ، ސީވިޝަން އެޕްލިކޭޝަން ފައިދާހުރި ގޮތެއްގައި ބޭނުންކުރުމަށް، ކޮންމެހެން ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމުގެ ގޮތުން ހިންގި ތަމްރީނު ކޯހެކެވެ. އެގޮތުން ސީވިޝަން އެޕްލިކޭޝަން ބޭނުންކުރާނެ ގޮތާއި، އެ ޓޫލް ބޭނުންކޮށްގެން މެރިޓައިމް ޓްރެފިކު މޮނިޓަރ ކުރާނެގޮތާއި އުޅަނދުތަކުގެ މަޢުލޫމާތުތައް ދެނެގަންނާނެ ގޮތްތައް މި ތަމްރީނުގައި ބައިވެރިންނަށް ދަސްކޮށްދީފައިވެއެވެ. އަދި އުޅަނދުތަކުގެ ސަސްޕިޝަސް މޫވްމަންޓް ދެނެގަންނާނެ ގޮތާއި ސީވިޝަންގެ އެކި ޓޫލްސްތައް ބޭނުން ކޮށްގެން އުޅަނދުފަހަރުގެ މައުލޫމާތު ހޯދާނެ ގޮތް ވެސް ވަނީ ދަސްކޮށްދީފައެވެ. މި ތަމްރީނުގައި އެމްއެންޑީއެފްގެ އިތުރުން މޯލްޑިވްސް ކަސްޓަމް ސަރވިސްގެ މުވައްޒަފުން ވެސް ބައިވެރިވިއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside