logoEN
Sto top
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގެންފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގެންފި

އަހުމަދު ޝުރާއު

logo

3/14/2025, 4:20:03 PM

# ދިވެހި ސިފައިން

--

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގެންފި އެވެ.

Wamco

ސިފައިން މިއަދު ބުނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފޮޓޯއިން ފެންނަ ގޮތުގައި އެމަސްބޯޓަކީ މީގެ ކުރިންވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގެންފައިވާ މަސްބޯޓުތަކާއި ދާދި އެއްގޮތް މަސްބޯޓެކެވެ. އާންމުކޮށް އެފަދަ މަސްބޯޓުތަކަކީ އަވަށްޓެރި އިންޑިއާއި އަދި ލަންކާގެ މަސްވެރިން ބޭނުންވާ މަސްބޯޓުތަކެކެވެ.

ރާއްޖޭގެ ކަނޑުގެ ސަރައްހަދު ބެލެހެއްޓުމަށް ސިފައިން މިހާރު ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދި ފަހުންވެސް ސިފައިންގެ ޑްރޯންއަކުން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވަމުން ދިޔަ މަސްބޯޓެއް އަތުލައިގެންފައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside