logoEN
Sto top
 ފަހަތުން އަރައި ބާރަލާ ބަލިކޮށް ޕްރޯ އެސްއޭ ކުއާޓާ ފައިނަލަށް

ފަހަތުން އަރައި ބާރަލާ ބަލިކޮށް ޕްރޯ އެސްއޭ ކުއާޓާ ފައިނަލަށް

ހަސަން ޝަމްއޫން

logo

1/22/2025, 3:30:26 PM

# ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެލެންޖް 2025# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސް

ޕްރޯ އެސްއޭ އާއި ބާރަލާ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / ޝުރާއު

ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ އަންހެން ޑިވިޝަން ގުރޫޕް އެކެއްގައި މިރޭ ބާރަލާ ސްޕޯޓްސް ކުލަބާއި ޕްރޯ ސްޕޯޓްސް އެކަޑަމީ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ދެ ސެޓް އެއް ސެޓުން ކާމިޔާބުކޮށް ޕްރޯ އިނަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

Wamco

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޕްރޯ އެސްއޭ ކުޅުނު ފުރަތަމަ މެޗުގައި ލަޔަންސް ސްޕޯޓްސް ކުލަބު އަތުން އެޓީމު ސީދާ ދެ ސެޓުން ބަލިވެފައިވާއިރު، ގުރޫޕް ސްޓޭޖުގައި ބާރަލާ ކުޅުނު ފުރަތަމަ މެޗުގައި ސައުތުވެސްޓް އަތުން އެޓީމު ބަލިވީ ސީދާ ދެ ސެޓުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް 14-15 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާރަލާ އިންނެވެ. ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓް ތިން ޕޮއިންޓްގެ ލީޑަކާއެކު 16-13 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕްރޯ އެސްއޭ އިންނެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށްޓަކައި ކުޅެވުނު ޝޫޓްއައުޓް ސެޓް ދެލަނޑުގެ ލީޑަކާއެކު 5-3 ގެ ނަތީޖާއަކުނަ ކާމިޔާބުކޮށް ޕްރޯ އެސްއޭ އިން މެޗު ކާމިޔާބުކުރީ ދެ ސެޓް އެއް ސެޓުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕްރޯ އެސްއޭގެ ފާތުމަތު ސައުސަން އެވެ.

20 ޖެނުއަރީ 2025 އިން 25 ޖެނުއަރީ 2025 ނިޔަލަށް ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި 10 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ވެސް ގުރޫޕް ސްޓޭޖުގައި ރެންޑަމްކޮށް ދެމެޗު ކުޅުމަށްފަހު ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތިޖާއެއް ހޯދާ ހަތަރު ޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރުސަތު ލިބިގެންދާނެއެވެ.

މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ހައުސް އޮފް ޖެވެލް އަކީ މުބާރާތުގެ ސިލްވާ ސްޕޮންސަރ އެވެ. އަދި މީގެ އިތުރުން ޑިޖިޓަލް ޕާޓްނަރަކަށް ދީރާގު ހަމަޖައްސާފައިވާއިރު، ޕްރިންޓް ޕާޓްނަރަކީ އިންކްޑް މޯލްޑިވިސް އެވެ. އަދި ކިޓް ޕާޓްނަރަކަށް ކޫލް ޖާޒީ ހަމަޖައްސާފައިވާއިރު، ބޭވަރެޖް ޕާޓްނަރަކީ ޕްރައިމް ކެއަރ އެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު ސްޕޯޓްސް ހަމަޖައްސާފައިވާއިރު، ޓްރޮފީ ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside