
-
2020 ވަނަ އަހަރު ކާށިދޫއިން ފެނުނު އެވޭލޭ މިސްކިތާއި ބެހޭ ތަރަހަ ދިރާސާ ފަށައިފި އެވެ.

ތަރިކިއާއި ބެހޭ ވުޒާރާއިން މިއަދު ބުނީ 2020 ވަނަ އަހަރު ކ. ކާށިދޫ ބާ ހުކުރު މިސްކިތުގެ ތެރެއިން ފެނުނު އާސާރީ ތަނެއްގެ ތަރަހަ ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށާއި މި ހިނގާ ޖަނަވަރީ މަހުގެ 12 ން 24 އާ ދެމެދު އެ ސަރަހައްދު ދިރާސާ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރިޔަށްދާނެ ކަމަށެވެ.
މި ދިރާސާ ކުރިޔަށްދަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާ އާއި ދިވެހިބަހުގެ އެކެޑަމީ އަދި މެރިޓައިމް އޭޝިޔާ ހެރިޓޭޖް ސަރވޭ ގުޅިގެން ކަންވެސް ވަނީ ފާހަގަކޮށްފައި އެވެ.
އެވުޒާރާއިން އިތުރަށް ބުނީ މި ދިރާސާގައި ސަގާފީ ތަރިކަ ރައްކާތެރިކުރަާ ޤައުމީ މަރުކަޒުގެ މުވައްޒަފުންގެ އިތުރަށް ދިވެހިބަހުގެ އެކަޑަމީގެ މުވައްޒަފުންނާއި މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭގެ ޓީމާއި ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާ އިން މާސްޓާސް އިން ދަ އަރޓްސް އޮފް އެފްރިކާ، އޯޝަނިއާ އެންޑް ދަ އެމެރިކާސް ވިތު ސެއިންސްބަރީ ރިސާޗް ޔުނިޓް ކިޔަވަމުންގެންދާ ދިވެހި ދެ ދަރިވަރުން ބައިވެރިވާ ކަމަށެވެ.
ދެހަފުތާގެ ދިރާސީ މި މަސައްކަތުގެ ތެރޭގައި ފަންނީގޮތުން ބިމުގެ އަޑީގައި ހުންނަ އާސާރީ ތަކެއްޗާމެދު އަމަލުކުރަންވީ ގޮތާ، އެކަމުގެ އަސާސީ މިންގަނޑުތައް ބައިވެރީންނާ ހިއްސާކުރެވޭނެ ކަމަށް ވުޒާރާއިން ބުނެއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ފުޓުބޯޅައިގެ "ބޮޑު އީދަކަށް" ކާށިދޫ ތައްޔާރުވެފައި: ކައުންސިލް ފުޓްބޯޅަ ޗެލެންޖް މާދަމާ ފަށަނީ

ކާށިދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އާރްޑީސީއާއި ހަވާލުކޮށްފި

ކާށިދޫ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށައިފި




