logoEN
Sto top
މާލޭގެ މަދަނީ ޖަމްއިއްޔާތަކާއި ބައްދަލުކޮށްފި

މާލޭގެ މަދަނީ ޖަމްއިއްޔާތަކާއި ބައްދަލުކޮށްފި

އަހުމަދު ޝުރާއު

logo

1/18/2025, 6:52:51 PM

# ޔޫތު މިނިސްޓްރީ

--

މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު މާލޭގެ މަދަނީ ޖަމްއިއްޔާތަކާ ބައްދަލުކުރައްވައިފިއެވެ.

Wamco

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ޒުވާނުންގެ އިތުރުވެހި (ކުރީގެ މުލިއާގެ ވެހިކަލް ގަރާޖު)ގައި އިއްޔެ ހަވީރުއެވެ. މި ބައްދަލުކުރެއްވުމުގައި 100އަށް ވުރެ ގިނަ މަދަނީ ޖަމްއިއްޔާއަކުން ވަނީ ބައިވެރިވެފައެވެ.

މިނިސްޓަރ މާލޭގެ މަދަނީ ޖަމްއިއްޔާތަކާ ބައްދަލުކުރެއްވިއިރު މަދަނީ ޖަމްއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި، ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީ ދިނުމަށް ނިންމާ އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށެވެ.

މަދަނީ ޖަމްއިއްޔާތަކަށް އެހީ ދިނުމުގެ މައިގަނޑު މަގްސަދަކީ މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމްއިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ގައުމީ ތަރައްގީގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާ ކުރުމެވެ.

މި ބައްދަލުކުރެއްވުމުގައި މަދަނީ ޖަމްއިއްޔާތަކުން ވަނީ ޖަމްއިއްޔާތަކުން ޕްރޮގުރާމުތައް ހިންގުމަށް ޖާގައެއް ނެތް ކަން ފާހަގަކޮށްފައެވެ.

އެކަމާ ގުޅިގެން މިނިސްޓަރ ވިދާޅުވީ، ޒުވާނުންގެ އިތުރުވެހިގެ މަސައްކަތް ނިމުމުން އެމައްސަލައަށް ހައްލެއް ލިބޭނެ ކަމަށެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside