
--
ތ. ވިލުފުށީގައި މިސްކިތެއްގެ ތެރޭ ހުރުމަތް ކެނޑޭ ފަދަ އަމަލުތަކެއް ހިންގި މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ގަދަރާއި އިހުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
"މިއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ ބެލުމުގެ ކަންކަން މިނިސްޓްރީ އިން ވަނީ ފަށާފައި،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވަނީ މިސްކިތްތަކުގެ ހުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.
މިސްކިތެއްގެ ތެރޭގައި ކުޅިވަރު ކުޅޭތަން ފެންނަ ވީޑިއޯއެއް ދައުރުވާން ފެށީ އިއްޔެއެވެ. އެގޮތުން އެވީޑިއޯއިން ފެންނަ ގޮތުގައި މިސްކިތްތެރޭގައި ބިދޭސީ އަންހެނުންތަކަކާއި ފިރިހެނުންތަކެއް ކުޅިވަރުތަކެއް ކުޅޭ މަންޒަރު ފެނެއެވެ. އަދި މިސްކިތް ތެރޭގައި ގޮނޑިއާއި މޭޒު ޖަހާފައި ހުރި މަންޒަރުވެސް ފެނެއެވެ.
ގުޅުންހުރި

މައްކާ ރޫޓު އިނީޝިއޭޓިވްގައި ބައިވެރިވުމަށް ރާއްޖެއިން އެދެފި

މަސްޖިދުއްނަބަވީގެ އިމާމު، ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވައިފި

މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރުގެ ޚާއްސަ ދަރުހެއް މިރޭ ޢިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި!
