logoEN
WAMCO TOP 1
ގޮތް ނޭނގޭ މަރުތައް ގިނަވެ ރާއްޖޭގައި ޕޯސްޓުމޯޓަމް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ގޮވާލައިފި

ގޮތް ނޭނގޭ މަރުތައް ގިނަވެ ރާއްޖޭގައި ޕޯސްޓުމޯޓަމް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ގޮވާލައިފި

އަހުމަދު ޝުރާއު

logo

1/14/2025, 4:32:16 PM

# މެމްބަރު ކުޑޫ

--

ގޮތް ނޭނގޭ މަރުތައް ގިނަވަމުންދާތީ ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދޭނެ ގޮތް ހަމަޖައްސައި ދިނުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފިއެވެ.

THE TRAVELLER AD

މެމްބަރު ކުޑޫ މިއަދު ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވޯ މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ހަތް މީހުން މަރުވެފައިވާ ކަމަށާއި ޝައްކު އުފެދޭ ގޮތަށް މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެ އިން ބޭރަށް އެމީހުންގެ ހަށިގަނޑުތައް ފޮނުވާކަން ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެފަދަ ގޮތް ނޭނގޭ މަރުތަކަކީ އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށާއި ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދޭނެ ނިޒާމެއް ގާއިމުކޮށް، އެ މަރުތަކުގެ ހަގީގަތް އާންމުންނަށް އޮޅުންފިލުވައި ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ކުޑޫ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި، ޕޯސްޓްމޯޓަމް ހެދޭނެ އިންތިޒާމު ރާއްޖޭގައި ގާއިމުކުރުމަކީ ހަށިގަނޑު ބޭރަށް ފޮނުވުމާއި އެކަމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ ކުޑަވާނެ ކަމެކެވެ. އަދި ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތައް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި ޖިނާއީ ކުށަކާ ގުޅިގެން މަރުވެފައިވާ މީހަކު މަރުވި ސަބަބު ދެނެގަތުމަށް އަދި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށް މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމުގެ އިހްތިޔާރު ފުލުހުންނަށް ދީފައިވާ ކަން ކުޑޫ ފާހަގަކުރެއްވި އެވެ.

އެހެންކަމުން، ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމުގައި ގާނޫނީ ހުރަހެއް އޮތް ކަމަށް ނުފެންނާތީ، މިކަންތައް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ފެށުމަށް ވަނީ އެދިފަ އެވެ. ސިޓީއާއި އެކު ކުޑޫ ވަނީ ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށް ބާރުދޭ ގާނޫނީ ލިޔެކިޔުންތައް ވެސް މިނިސްޓަރަށް ހުށަހަޅުއްވައިފަ އެވެ.

ކޮމެންޓް
ފަހުގެ
HDC