logoEN
Sto top
އައްސޭރި ޖަލުގެ ޚިދުމަތަށް 16 އަހަރު!

އައްސޭރި ޖަލުގެ ޚިދުމަތަށް 16 އަހަރު!

އަހުމަދު ޝުރާއު

logo

1/13/2025, 8:01:24 AM

# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

--

ކ. ހިންމަފުށީގައި ޤާއިމްކޮށްފައިވާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އައްސޭރި ޖަލުގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެ ޖަލުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ.

Wamco

ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. ކޮމިޝަނަރގެ އިތުރުން މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އައްސޭރި ޖަލުގެ ޑައިރެކްޓަރ، އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިސްމާޢިލް ނަޞީރު އާއި ކޮމިޝަންޑް އޮފިސަރުންނާއި ދައުވަތު އެރުވި މެހެމާނުންނާއި އައްސޭރި ޖަލުގެ ގިނަ ޢަދަދެއްގެ އޮފިސަރުން ބައިވެރިވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރް، އައްސޭރި ޖަލުގެ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޖަލުގެ ސީނިއަރ މެނޭޖްމަންޓަށާއި އޮފިސަރުން އަދި މުވައްޒަފުންނަށް އަރިސްކުރައްވައި، ކޮށްދެއްވާ ޚިދުމަތްތަކަށް ޝުކުރު ދެންނެވިއެވެ.

މި ރަސްމިއްޔާތުގައި، އައްސޭރި ޖަލުގެ އޮފިސަރުންނަށް ވަނީ ކުލަ އާއި މެޑަލް ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތު ނިންމާލާފައިވަނީ ދުވަހުގެ ޚާއްސަ ކޭކު ފެޅުމަށް ފަހުގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside