
--
ރާއްޖޭގައި ނަން މަޝްހޫރު ސީޔާސީ އެކްޓިވިސްޓު އަހުމަދު ރަޝީދު,އާންމު ނަމުންނަމަ ދޮންކޮޅު ވެރިކަން ކުރާ ޕީއެންސީއާއި ގުޅިއްޖެ އެވެ.

ތިނަދޫ ސިޓީއަށް އުފަން ދޮންކޮޅު ޕީއެންސީއާއި ގުޅުނީ މިއަދު އެވެ. އެގޮތުން ދޮންކޮޅުގެ މެމްބަރޝިޕް ފޯމާއި ޕީއެންސީގެ ފަރާތުން ހަވާލުވަޑައިގެންނެވީ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެވެ.
ދޮންކޮޅު ޕީއެންސީއާއި ގުޅިވަޑައިގެންނެވިކަން ހާމަކުރެއްވީ ރައީސް މުއިއްުޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ. އެގޮތުން ރައީސް ވަނީ ޕީއެންސީއާއި ގުޅިވަޑައިގެންނެވުމުން ދޮންކޮޅުއަށް މަރުހަބާ ދަންނަވާފައި އެވެ.
ދޮންކޮޅު އަކީ މީގެ ކުރިން އިދިކޮޅު އެމްޑީޕީގެ އިސް އެކްޓިވިސްޓެކެވެ. އެގޮތުން ދާދި ފަހަކާއި ޖެހެންދެންވެސް ދޮންކޮޅު ވަނީ އެމްޑީޕީގެ ހަރަކާތްތަކުންވެސް ފެނިފައި އެވެ. ނަމަވެސް ފާެއިތުވި ދުވަސްތަކުގައި އެމްޑީޕީގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރި ފަރާތްތައް އެޕާޓީއާއި އަލުން ގުޅެން ފެށުމާއި އެކު ދޮންކޮޅު ވަނީ ފާޅުގައި އެކަމާއި ފާޑުކިޔާފައި އެވެ.
ޕީއެންސީގެ އިސް އޮފިޝަލަކު ގާފު ނޫހަށް މައުލޫމާތު ދެމުން ބުނީ ކުރިޔަށް އޮތް ދުވަސްތަކުގައިވެސް އިދިކޮޅުގެ އިސް ބައެއް އެކްޓިވިސްޓުން އެޕާޓީއާއި ގުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ގުޅުންހުރި
.webp&w=3840&q=75)
ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާއެއް މާދަމާ ރޭ!

ޕާޓީގެ ބޭނުމަށް މަޢުލޫމާތުތަކެއް ހޯދުމަށް ބުނެ ދައުރުވަމުންދަނީ ފޭކު މެސެޖުތަކެއް - ޕީއެންސީ

ޕީއެންސީގެ ހިންގުމުން އަބްދުއްރަހީމް ދުރުކޮށް ހިންގުން ފަލާހުއާއި ހަވާލުކުރި ކަމަށްބުނެ ފަތުރަނީ ދޮގެއް - މުއާޒް
