
މާފަންނު ސަހަރާގައި ހުރި ފެން ހިންދާ ޕަމްޕް ސްޓޭޝަން ހަލާކުވެއްޖެ
# މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން, ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ--
މާފަންނު ސަހަރާތެރޭގައި ހުރި ފެން ހިންދާ ޕަމްޕަށް ގެއްލުންދީފައވާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އަބްދުﷲ މުއްޠަލިބު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން މާފަންނު ސަހަރާ ކޮނުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި އެއްވެސް އެންގުމަކާއި ނުލައި މާލޭގެ ހުޅަނގު އުުތުރު ފަރާތަށް ޚިދުމަތްދޭ ސްމާޓްވޯޓާ ޕަމްޕް ސްޓޭޝަން ތަޅާލާފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެކަމުގެ ސަބަބުން އެ ޕަމްޕްގެ ވަށައިގެންވާ ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ ކަމަށެވެ. އަދި މިއީ މާލެ ސިޓީ ކައުންސިލުން ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކޮށްފައި ހުރި މަސައްކަތެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ޕަމްްޕް ސްޓޭޝަނަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް ޕަމްޕް ސްޓޭޝަންގެ ހިންގުން އަލުން އިއާދަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރުގެ ޕޯސްޓަށް ރައްދު ދެއްވައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޕަމްޕް ސްޓޭޝަންގެ ބައިތައް ރޫޅާލި އިރު، އެ ސްޓޭޝަން މަސައްކަތް ނުކުރާތާ ފަސް ވަރަކަށް މަސްދުވަސް ވެއްޖެ ކަމަށެވެ. އެ ސްޓޭޝަންގައި ހުރި ކަރަންޓު ބޯޑަށް ބަޔަކު ގެއްލުން ދީފައި ހުރި ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި މްޕްތައް ހަލާކުވެފައިވާ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާކަން ފާހަގަކުރައްވައި އާޒިމް ވަނީ މިދިޔަ މަހު 25 އަދި މި މަހު 8 ވަނަ ދުވަހު ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އަށް ފޮނުވާފައި ހުރި ސިޓީތަކެއް ވެސް އާންމުކުރައްވާފައި އެވެ.
ނަމަވެސް އެކަމަށް މިނިސްޓަރު ވަނީ އަނެއްކާވެސް ރައްދުދެއްވާފައި އެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ މި މަހުގެ ތިންވަނަ ދުވަހު މާލެއަށް ވިއްސާރަކުރި އިރު ވެސް އެ ސްޓޭޝަން މަސައްކަތްކުރި ކަމަށާއި އެއްވެސް މައްސަލައެއް އޭރު ފާހަގަކުރެވިފައި ނުވާ ކަމަށާއި މާލެ އަށް ވިއްސާރަކުރާ ކޮންމެ ފަހަރަކު މިނިސްޓްރީގެ މުވައްޒަފުން މާލޭގެ އެކި ތަންތަނުގައި ހުރި ޕަމްޕް ސްޓޭޝަންތަކުގެ ހާލަތު ބަލާ ކަމަށެވެ.
ގުޅުންހުރި

11 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް އަލްޓެކަށް!

ހިތަދޫ ހުޅުދޫ - މީދޫ ލިންކް މަޝްރޫޢުގެ ޓެކްނިކަލް މަސައްކަތްތައް ޗައިނާ ކުންފުންޏަކަށް!

.gif&w=3840&q=75)



