--
ހުޅުމާލޭގައި މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފް އިން ބުނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ 21:30 ގައި ހަވާ އެރުވުމަށް ނިންމާފައިވާ ކަމަށެވެ. ހަވާ އެރުވުމަށް ނިންމާފައިވަނީ 3 މިނެޓަށެވެ.
މި ހަރަކާތަކީ ސިފްކޯއިން ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ. ރާއްޖޭގައި ހަވާ އެރުވުމުގެ ކަންކަން ކުރިއަށް ގެންދަނީ ވިޔަފާރީގެ އުސޫލުން ސިފައިންގެ ވެލްފެއަރ ކުންފުނި ސިފްކޯ އިންނެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ހަވާއެރުވުމަށް ނިންމާފައިވަނީ އަވަސް އެޕްގެ ނަމުގައި ޚާއްސަ އެޕްލިކޭޝަނެއް ލޯންޗުކުރުމަށް ސެންޓްރަލް ޕާކުގައި ބާއްވާ ހަހްލާގެ ތެރެއިންނެވެ.