-1736240152911.webp&w=3840&q=75)
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާދޭ ކައުންސިލަރުން ބިނާކުރަނީ
# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ--
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާދޭ ކައުންސިލަރުން ބިނާކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ނެޝަނަލް ޑްރަގް އެޖެންސީން މަޝްވަރާކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެންޑީއޭގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވީ ހެލްތު މިނިސްޓްރީ އާއި އެލައިޑް އިންޝުއަރެންސް އާއެކު ކުރިއަށްގެންދިޔަ މަޝްވަރާގެ ބައްދަލުވުމުގެ ބޭނުމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މަސްތުވަތަކެތީ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާދޭ ކައުންސިލަރުން ބިނާކުރުން ކަމަށެވެ.
އޮންލައިންކޮށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މި ޕްރޮގްރާމުގެ ބައެއް ބައިތައް ކްލާސްތަކަށް ހާޒިރުވެ ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށްވެސް ލުބްނާ ވިދާޅުވިއެވެ.
ވޭތުވެދިޔަ 12ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ނެޝެނަލް އިންސްޓިޓިއުޓް ފޯރ ރިސާޗް އެންޑް އެޑިކްޝަންސް ސްޓަޑީޒް އިން އެއްވެސް މަސައްކަތެއް ހިންގާފައިނުވާކަން ފަހަގަކުރައްވާ ލުބްނާ ވިދާޅުވީ އިންސްޓިޓިއުޓްގެ މަސައްކަތްތައް ފުޅާ ކުރުމަށްޓަކައި މަސައްކަތް ފަށާފައިވާ ކަމަށެވެ.
އިންސްޓިޓިއުޓްގެ މަސައްކަތްތަކުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައިގެ ހާލަތު ދެނެގަތުމަށް ހަދަންޖެހޭ ދިރާސާގެ މަސައްކަތް ހިމެނޭ ކަމަށާއި އެހެންކަމުން އެންޑީއޭގައި ހުރި ޑާޓާގެ ބޭނުން މިއަހަރުގެ ތެރޭގައި ހިފާނެ ކަމަށް ލުބްނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި މަސްތުވާތަކެތީގެ މައްސަލަތައް ފުޅާވަމުން އަންނަ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށާއި ފަރުވާގެ ކަންކަމުގެ ޒިންމާއާ ހަވާލުވެތިބި ބައެއްގެ ހައިސިއްޔަތުން މިހާރު ޕޮލިސީ ލެވެލްގަ ވިސްނުން ހުރީ ކޮމިއުނިޓީގައި ކުދިން ބައިތިއްބައިގެން ކޮމިއުނިޓީއަށް ރީއިންޓަރގްރޭޓް ކުރެވޭނެ ގޮތަށް ފަރުވާގެ ބައެއް އިތުރުކުރުން ކަމަށެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހެލްތު ފެސިލިޓީތައް މެދުވެރިކޮށް އައުޓް ޕޭޝަންޓްގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާއިން އުންމީދެއް ލިބިގެންދިޔަކަން މުހައްމަދު ރާޝިދު ފާހަގަކުރެއްވިއެވެ.
ޑްރަގް ނަގާ މީހުންގެ ނަފުސާނީ މައްސަލަތައް ވަރަށް ބޮޑުކަމަށާއި ފަރުވާގެ ތެރެއަށް ވަންނަ ގިނަ ކުދިންނަކީ މެންޓަލީ މުޅިން ސްޓޭބަލް ކުދިން ނޫންކަން ފާހަގަވާ ކަމަށްވެސް މުހައްމަދު ރާޝިދު ވިދާޅުވިއެވެ.
އެޑިކްޝަން ކައުންސިލަރުން ބިނާކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނައިރު ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް އެންޑީއޭއިން ވަނީ ފަށާފައެވެ.
ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އެޅުމާއި، ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް އެންޑީއޭގެ ބޯޑާއި ޑްރަގް ކޯޓާ ދެމެދު މަޝްވަރާކުރެއްވީ އޮކްޓޯބަރ މަހުގެ 17ވަނަ ދުވަހުއެވެ.
މި މަޝްވަރާގައި ވަނީ ޑްރަގް ކޯޓުގެ ދަށުން ފަރުވާއަށް ޙުކުމް ކުރެވި ފަރުވާ ތަންފީޛު ކުރަން ފެށުމަށްފަހު އެއްބާރުލުން ނުދޭ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅުމާއި، ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ނިންމާފައެވެ.
ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ 7500 ވަރަކަށް މީހުން އުޅޭ ކަމަށް ދިރާސާތަކުން ދައްކައެވެ.
ގުޅުންހުރި

ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ ސުންގަޑިއަކީ މިމަހުގެ 30: އެއަށްފަހު އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކުރާނެ!
.webp&w=3840&q=75)
އެއް ލައްކައަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފި: މެއި މަހުން ފެށިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓުކުރަން ފަށަނީ!

ރާއްޖޭގެ ސީއާރްވީއެސްއައިޑީ މެނޭޖްމަންޓް ނިޒާމު އަލުން ޑިޒައިންކުރުމަށް ބަޔަކާއި ހަވާލުކޮށްފި
