
--
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން މަގުތަކުގައި ހަރަކާތްތެރިވަމުން އެބަދެއެވެ.

އެގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގަ މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ ގެއްލުންތައް ލިބެމުންދާތީ މާލޭ ސިޓީ ކައުންސިލްއާއި މޯލްޑިވްސް ޕޮލިސް ސާރވިސް އިން ދަނީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އެކި ސަރަހައްދުތަކުގައި ކުރަމުންދާ ކަމަށެވެ.
އަދި މާލޭއިން ފެން ހިންދުމުގެ މަސައްކަތް 3 ސަރަހައްދެއްގައި ނުވަ ޕަންޕް ބޭނުންކޮށްގެން ކުރަމުންގެންދާ ކަމަށް އެމް.އެން.ޑީ.އެފް މައުލޫމާތުދޭކަމަށްވެސް އެންޑީއެމްއޭއިން ވަނީ ބުނެފައި އެވެ.
އެމްއެންޑީއެފުން މިއަދު ހަވީރު ބުނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެގެން، ފެން ހިންދުމަަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން، މާލޭގެ 3 ސަރަހައްދެއްގައި 11 ޕަންޕު ބަހައްޓައިގެން މަސައްކަތްކުރަމުންދާ ކަމަށެވެ.
ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ ބޯވިއްސާރައާއި އެކު ފެންބޮޑުވާނެ ކަމަށް ލަފާކޮށް މެދު ރާއްޖެތެރެއަށް މިހާރު ވަނީ އޮރެންޖު އިންޒާރު ނެރެފައި އެވެ.
ގުޅުންހުރި

މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކަށް އިޖާބަ ދިނުމަށް ޚާއްސަ ޓާސްކްފޯސްއެއް އުފައްދައިފި

މާލޭގައި ފެންބޮޑުވުން: 7 ގޭބިސީ އެއްގެ 44 މީހަކަށް އެންޑީއެމްއޭއިން އެހީވަނީ
.jpeg&w=3840&q=75)
މިމަހުގެ ކުރީ ކޮޅު ރާއްޖެއަށް ކުރި ވިއްސާރާގައި މާލެ ހިމެނޭހެން ރަށްތަކުގެ ގެތަކަށް ލިބުނު ގެއްލުން 3 މިލިއަން ރުފިޔާއަށް އަރާ!
