logoEN
Sto top
އައްޑޫ ފެން ހިންދާ ނިޒާމުގެ ޕަމްޕްތައް މާލެ ގެންނަން އުޅޭކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

އައްޑޫ ފެން ހިންދާ ނިޒާމުގެ ޕަމްޕްތައް މާލެ ގެންނަން އުޅޭކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

އަހުމަދު ޝުރާއު

logo

1/2/2025, 10:47:13 AM

# އައްޑޫ ސިޓީ

--

އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ފެން ހިންދާ ނިޒާމުގެ ޕަމްޕްތައް ނަގާ މާލެ ގެންނަން އުޅޭކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި އެވެ.

Wamco

އައްޑޫގެ ފެން ހިނދާ ނިޒާމު ޤާއިމުކުރުމަށް ބަހައްޓާފައިވާ ޕަމްޕްތައް މާލެ ގެންދިއުމަށް އުޅޭކަމަށް ބުނެ މީސް މީޑިއާގައި ދަނީ ވާހަކަތަކެއް ދައުރުވަމުންނެވެ. އެގޮތުން އައްޑޫގެ ފެން ހިންދާ ނިޒާމުގެ ޕަމްޕްތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްބުނެ ވީޑިއޯއެއްވެސް ދަނީ ދައުރުވަމުންނެވެ.

މިކަމާއި ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ އައްޑޫގެ ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް އަދި މުޅިން ނުނިމޭކަމަށާއި ޕަމްޕް ސްޓޭޝަންތަކުގައި ބަހައްޓާ ޕަންޕްތައް އިންސްޓޯލްކުރުމާއި ޓެސްޓުކުރުމުގެ މަސައްކަތްތައް، ކޮންޓްރެކްޓަރު މިވަގުތުވެސް ކުރަމުންދާކަމަށެވެ.

އަދި ޕަމްތައް ނަގާ މާލެ ގެންނަން އުޅޭކަމަށް ދެކެވޭ ވާހަކަ ތަކަކީ ދޮގު ވާހަކަތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އައްޑޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ކުރިޔަށް ދަނީ އެސިޓީގެ މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިންނެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ އެފްކޮންސް އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside