
--
މާލޭގެ ގެއަކުން ވަގަށްނެގި ދެމިލިއަން ރުފިޔާގެ ތަކެތި ފުލުހުން ހޯދައިފި އެވެ.

ފުލުހުން މިއަދު ބުނީ 2024 ޑިސެންބަރު 31 ވަނަ ދުވަހުގެ ވަގުތެއްގައި ގަލޮޅުގައި ހުންނަ ގެއަކުން ވަގަށް ނަގާފައިވާ ދެ މިލިއަނެއްހާ ރުފިޔާގެ އަގުހުރި ތަކެތި ހޯދައި، އޭގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ.
މިތަކެތި ހޯދާފައިވަނީ މައްސަލަ ހުށަހެޅުމާއެކު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޮންސް އެންޑް ޕެޓްރޯލް ގުޅިގެން ކުރި މަސައްކަތުން ކަމަށް ފުލުހުން ބުންޏެވެ.
ވަގަށް ނެގި ތަކެތީގެ ތެރޭގައި އަގުބޮޑެތި ކެމެރާތަކާއި ލެޕްޓޮޕް އަދި ފޯނު ހިމެނެއެވެ. އަދި ގިނަ އަދަދެއްގެ ޑޮލަރުވެސް ހިމެނެއެވެ.
ފުލުހުން ވަނީ ވަގަށް ނެގި ތަކެތި ހޯދައި އެތަކެތީގެ ފޮޓޯވެސް މިއަދު އާންމުކޮށްފައެވެ.
ގުޅުންހުރި

ޕިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަނީ: ސަމާލުވުމަށް ފުލުހުންގެ އިލްތިމާސް!

ހުޅުމާލެއިން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެ އެކަކު ހައްޔަރަށް!

ވީއައިއޭއިން ސިނގިރެޓް ކާޓަން ތަކެއް ބޭރު ކުރަން އުޅުނު ފުލުސް މީހާ ސަސްޕެންޑުކޮށްފި
