
--
ދުނިޔޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި އެންމެ ބާރު ސްޕީޑެއްގައި ކުރިއަރަމުން މިހާރު އަންނަނީ ކޮރެއާގެ ސީރީސްތަކާއި ޑްރާމާތަކެވެ. އެގޮތުން ކޮންމެ އަހަރެއްގެ ވެސް ކުރީކޮޅު ފާހަގަވެގެންދަނީ ކޮރެއާގެ ގިނަ ސީރީސްތަކާއި ޑްރާމާތަކެއް ރިލީޒް ކުރާ ދުވަސްވަރަކަށެވެ. 2025 ވަނަ އަހަރުގެ ކުރީކޮޅު ވެސް އޮތީ ހަމަ މިހެންނެވެ.

ކުރިޔަށް އޮތް ހަފްތާތަކަކީ ކޭ ޑްރާމާތަކުގެ ބޮޑު ލައިންއަޕެއް އޮތް ދުވަސްވަރެކެވެ. އެގޮތުން މި ބަލާލަނީ ކުރިޔަށް ނެރެން ހުރި ބައެއް ކޭ ޑްރާމާތަކަށެވެ.
1. ލަވް ސްކައުޓް
ހަމް ޖޫން-ހޯ އާއި ކިމް ޖޭ-ހޮންގް ގުޅިގެން ޑައިރެކްޓްކޮށްފައިވާ 12 އެޕިސޯޑްގެ މައްޗަށް އެކުލެވޭ މި ސީރީޒް ރިލީޒްކުރަން ހަމަޖެހިފައިވަނީ 3 ޖެނުއަރީގައިއެވެ. މި ސީރީޒްގެ ކާސްޓުންގެ ތެރޭގައި ހަން ޖީ-މިން އަދި ލީ ޖޫން-ހިއުކް ހިމެނެއެވެ. މި ސީރީޒްއިން ފެނިގެންދަނީ މަސައްކަތުގައި ހުނަރުވެރި ނަމަވެސް އާއިލާއަށް މާބޮޑު ވގުތު ނުދެވޭ ސީއީއޯ ކަންގް ޖީ-ޔޫން (ހަން) އާއި އޭނާގެ ސެކްރެޓަރީ ޔޫ ޔޫން-ހޯ (ލީ) ގެ ވާހަކައެވެ. ހަންއާއި އިދިކޮޅަށް ލީއަކީ ވަޒީފާގެ އިތުރުން ދަރިން ބެލެހެއްޓުމާއި ގޭތެރޭގެ މަސައްކަތްތަކުގައި ވެސް ކުޅަދާނަ މީހެކެވެ. މި ދެމީހުންގެ ޕްރޮފެޝަނަލް ގުޅުން ޕާސަނަލް ގުޅުމަށް ބަދަލުވުމުން ދެން ވާނެ ގޮތް މި ސީރީޒްއިން ފެނިގެންދާނެއެވެ.
2. ވެން ދަ ސްޓާސް ގޮސިޕް
ޕާކް ޝިން-ވޫ ޑައިރެކްޓްކޮށްފައިވާ 16 އެޕިސޯޑްގެ މައްޗަށް އެކުލެވޭ މި ސީރީޒް ރިލީޒްކުރަން ހަމަޖެހިފައިވަނީ 4 ޖެނުއަރީގައިއެވެ. މި ސީރީޒްގެ ކާސްޓުންގެ ތެރޭގައި ލީ މިން-ހޯ، ގޮންގް ހިޔޯ-ޖިން އަދި އޯ ޖުންގް-ސޭ ހިމެނެއެވެ. މި ސީރީޒްއިން ފެނިގެންދަނީ ޒީރޯ ގްރެވިޓީ ސްޕޭސް ސްޓޭޝަނެއްގައި މަސައްކަތް ކުރާ ކޮމާންޑަރެއް ކަމަށްވާ އީވް ކިމް (ގޮންގް) އާއި ގައިނަކޮލޮޖިސްޓް ގޮންގް ރިޔޮންގް (ލީ) ޓޫރިސްޓެއްގެ ގޮތުގައި ސްޓޭޝަނަށް ޒިޔާރަތް ކުރާއިރު އުފެދޭ ގާތް ގުޅުމެވެ. ނަމަވެސް ސްޕޭސް ސްޓޭޝަނަށް ޒިޔާރަތް ކުރުމަށް ގޮންގްގެ ފޮރުވިފައިވާ އެޖެންޑާއެއް އޮތްކަން އީވްއަށް އެނގުމުން ދެން ވާނެ ގޮތް މި ސީރީޒްއިން ފެނިގެންދާނެއެވެ.
3.ދަ ކުއީން ހޫ ކްރައުންސް
ކިމް ސަންގް-ހޯ ޑައިރެކްޓްކޮށްފައިވާ 12 އެޕިސޯޑްގެ މައްޗަށް އެކުލެވޭ މި ސީރީޒް ރިލީޒްކުރަން ހަމަޖެހިފައިވަނީ 6 ޖެނުއަރީގައިއެވެ. މި ސީރީޒްގެ ކާސްޓުންގެ ތެރޭގައި ޗާ ޖޫ-ޔަންގް، ލީ ހިއުން-ވޫކް އަދި ލީ ޔީ-ޑޭމް ހިމެނެއެވެ. މި ސީރީޒްއިން ފެނިގެންދަނީ ޖޯސޮން ދަރިކޮޅުގެ ރާނީ ވޮން-ކިއުންގް (ޗާ) އާ ދުނިޔެއެއްގެ ހުވަފެން ދެކެމުން އަންނަ އިރު، އޭނާގެ ރަސްކަމުގެ ބާރު އޭނާގެ ފިރިމީހާ ކިންގް ލީ ބޭންގް ވޮން (ލީ) އާ ހިއްސާކުރަން ބޭނުންވާ މަންޒަރެވެ.
4.މޮޓެލް ކެލިފޯނިއާ
ކިމް ހިއުންގް-މިން އަދި ލީ ޖޭ-ޖިން ގުޅިގެން ޑައިރެކްޓްކޮށްފައިވާ 12 އެޕިސޯޑްގެ މައްޗަށް އެކުލެވޭ މި ސީރީޒް ރިލީޒްކުރަން ހަމަޖެހިފައިވަނީ 10 ޖެނުއަރީގައިއެވެ. މި ސީރީޒްގެ ކާސްޓުންގެ ތެރޭގައި ލީ ސޭ-ޔަންގް، އަދި ނާ އިން-ވޫ ހިމެނެއެވެ. މި ސީރީޒްއިން ފެނިގެންދަނީ ބައްޕަ ރަށްފުށުގައި ހިންގަމުން ދިޔަ މޮޓެލް ކެލިފޯނިއާގައި ބޮޑުވި ޖީ ކަންގް-ހީ (ލީ) އެވެ. ނަމަވެސް ދިމާވާ ހާލަތްތަކަކާ ގުޅިގެން އާއިލާއާ ލީ އެކު ސޯލް އަށް ބަދަލުވި އެވެ. އޭގެ 12 އަހަރު ފަހުން އެނބުރި އުފަން ރަށަށް އެނބުރި އައިސް އޭނާގެ ފުރަތަމަ ލޯބިވެރިޔާ އަދި ކުޑައިރުގެ ރަހުމަތްތެރިޔާ ޗިއޯން ޔޯން-ސޫ (ނާ) ބައްދަލުވުމުން ދެން ވާގޮތް މި ސީރީޒްއިން ފެނިގެންދާނެއެވެ. މި ޝޯ އަކީ ޝިމް ޔޫން-ސީއޯގެ ރޮމޭންސް ނޮވެލް ހޯމް، ބިޓާ ހޯމްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ޝޯއެކެވެ.
5.އަންމާސްކްޑް - 15 ޖެނުއަރީ
ޔޫ ސިއޯން-ޑޮންގް ޑައިރެކްޓްކޮށްފައިވާ 12 އެޕިސޯޑްގެ މައްޗަށް އެކުލެވޭ މި ސީރީޒް ރިލީޒްކުރަން ހަމަޖެހިފައިވަނީ 15 ޖެނުއަރީގައިއެވެ. މި ސީރީޒްގެ ކާސްޓުންގެ ތެރޭގައި ކިމް ހައި-ސޯ، ޖަންގް ސަންގް-އިލް އަދި ޖޫ ޖޮންގް-ހިއުކް ހިމެނެއެވެ. މި ސީރީޒްއިން ފެނިގެންދަނީ ޗީފް އޯހް ސޯ-ރިޔޮންގް (ކިމް) އިސްވެ ހުންރެގެން ތަހުގީގީ ނޫސްވެރިންތަކެއް އެ މީހުންގެ ރިޕޯޓިން ޕްރޮގްރާމް ޓްރިގާގައި ޚިޔާލު ތަފާތުވާ ވާހަކައެއް އާންމުކުރުމުން އެ މީހުންގެ ކެރިއަރު ނުރައްކަލަށް ހުށަހެޅޭތަނެވެ. ވަޒީފާ ސަލާމަތް ކުރުމަށް ޓަކައި އެމީހުން 20 އަހަރު ކުރިން ގެއްލުނު މަޝްހޫރު އެކްޓަރެއް މައްސަލަ ހައްލު ކުރާތަން ސީރީޒްއިން ފެނިގެންދާނެއެވެ.
6.ސްޓަޑީ ގްރޫޕް
ލީ ޖަންގް-ހޫން ޑައިރެކްޓްކޮށްފައިވާ 10 އެޕިސޯޑްގެ މައްޗަށް އެކުލެވޭ މި ސީރީޒް ރިލީޒްކުރަން ހަމަޖެހިފައިވަނީ 23 ޖެނުއަރީގައިއެވެ. މި ސީރީޒްގެ ކާސްޓުންގެ ތެރޭގައި ހުވާންގް މިން-ހިއުން، ހާން ޖީ-ޔޫން އަދި ޗާ ވޫ-މިން ހިމެނެއެވެ. މި ސީރީޒްއިން ފެނިގެންދަނީ މޮޅަށް ކިޔެވުމުގެ ހުވަފެން ދެކެމުން އަންނަ ޔޫން ގަ-މިން (ހުވާންގް)އެވެ. އަދި ހައިސްކޫލްގެ އެންމެ ފަހު އަހަރު އޭނާ ސްޓަޑީ ގްރޫޕެއް ހަދައި ކޮލެޖަށް ވަންނަ އިމްތިހާނުން ފާސްވާން ކުރާ މަސައްކަތެވެ.