
މިނިސްޓަރ މުއްޠަލިބް މާލޭ ކޮމާޝަލް ހާބަރަށް ޒިޔާރާތްކޮށްފި
# މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން, ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ--
މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން, ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބް، މާލޭ ކޮމާޝަލް ހާބަރަށް ޒިޔާރަތްކުރައްވައި، ބަނދަރުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވައިފިއެވެ.

މިނިސްޓަރާއެކު މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް ތާއާމް މުޙައްމަދު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ވަޖީހު އިބްރާހީމް، އެމްޕީއެލްގެ އިސް އޮފިޝަލުން އަދި މިނިސްޓްރީގެ ޓެކްނިކަލް ޓީމް ހިމެނެއެވެ.
މިނިސްޓްރީން ބުނީ މި ޒިޔާރަތުގައި މިނިސްޓަރަށް ބަނދަރު ބަދަލުކުރުމުގެ މަޝްރޫޢާއި ތިލަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢާއި ބެހޭ މަޢުލޫމާތު ހިއްސާކުރެވުނު ކަމަށާއި މީގެ ބަނދަރުގެ އެކި ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވައި، މުވައްޒަފުންނާ ބައްދަލުކުރައްވައި، ބަނދަރުގެ އިތުރު މަސައްކަތްތައް ކުރިއަށްދާ ގޮތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވާފައިވާ ކަމަށެވެ.
ރާއްޖޭގެ ކޮމާޝަލް ބަނދަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިތަކަށް އިތުރު ލުއިފަސޭހަ ގޮތްތަކެއް ތަނަވަސްކޮއްދެއްވުމަށް ސަރުކާރުން ކެނޑިނޭޅި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން މި ޒިޔާރާތުގައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ގުޅުންހުރި

ގުޅީފަޅު ބިންވެރިޔާ ގޯތިތަކުގެ އައު ރަޖިސްޓްރީއާއި އެއްބަސްވުންތައް ހޯމަ ދުވަހު ދޫކުރަން ފަށަނީ

ވިލިމާލޭގައި ތަރައްޤީކުރާ ހޮސްޕިޓަލުގެ ނަމަކީ ވިލިމާލެ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް!

އާރްޑީސީއާއި ސްޓެލްކޯގެ އެހީތެރިކަމާއި އެކު ހަލާކުވި މާފަންނު ޕަމްޕު ސްޓޭޝަން އޮޕަރޭޝަނަށް ގެނެސްފި
