logoEN
Sto top
ކޮރެއާގެ މަތިންދާބޯޓެއް ވެއްޓި މަރުވި މީހުންގެ އަދަދު 120 އަށް!

ކޮރެއާގެ މަތިންދާބޯޓެއް ވެއްޓި މަރުވި މީހުންގެ އަދަދު 120 އަށް!

އަހުމަދު ޝުރާއު

logo

12/29/2024, 6:19:09 AM

# ސައުތު ކޮރެއާ

--

ދެކުނު ކޮރެއާގެ މުއާން ސިޓީގެ އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭމަތިން ކައްސާލި މަތިންދާބޯޓެއްގައި އަލިފާން ރޯވެ މަރުވި މީހުންގެ އަދަދު 120 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ނޭޝަނަލް ފަޔާ އެޖެންސީން ބުނެފި އެވެ.

Wamco

މި އެކްސިޑެންޓް ހިނގާފައިވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކުން 175 ފަސިންޖަރުންނާއި ހަ ފަޅުވެރިންނާއެކު ދަތުރުކުރި ޖެޖޫ އެއާގެ ފްލައިޓް ވެރިރަށް ސޯލްގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 289 ކިލޯމީޓަރު (179 މޭލު) ދުރުގައި އޮންނަ މުއާން އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސިތަނާއި އެވެ.

ކޮރެއާގެ ނޭޝަނަލް ފަޔާ އެޖެންސީން ބުނީ މި ހާދިސާގައި 120 މީހުން މަރުވެފައިވާ ކަމަށާއި ދެ މީހަކު ސަލާމަތްކޮށްފައިވާ ކަމަށެވެ. މަތިންދާބޯޓުގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ.

ފަޔާ އެޖެންސީގެ އޮފިޝަލުންނާ ހަވާލާދީ ދެކުނު ކޮރެއާގެ ޔޮންހަޕް ނިއުސް އެޖެންސީން ބުނީ މި ހާދިސާގައި އިތުރު ބަޔަކު ސަލާމާތްވުމުގެ ފުރުސަތު ކުޑަކަމަށާއި ނަމަވެސް މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިޔަށްދާ ކަމަށެވެ.

ބޯޓު ރަންވޭމަތިން ކައްސާލައި މި ހާދިސާ ހިނގީ ބޯޓުގެ ލޭންޑިންގ ގިއަރުގައި ޖެހުނު މައްސަލައަކާއި ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ހާދިސާގެ ވީޑިއޯއެއްވެސް މިހާރު ދައުރުވަމުންދާއިރު ލޭންޑިވްގ ގިއަރާއި ނުލައި ބޯޓު ރަންވޭގައި ލޭންޑްކުރަން މަސައްކަތްކުރާ މަންޒަރު ފެނެއެވެ. އަދި އެގޮތަށް ލޭންޑްކުރިތާ އިރުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ރޯވެ ބޯޓު ގޮވި މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.,

އޮޕަރޭޝަންގައި 15 އަހަރުވީ ބޮއިންގް 737-800 މަރުކާގެ މި މަތިންދާ ބޯޓު ހާދިސާގައި ތައިލެންޑުގެ ދެ ފަސިންޖަރުން ތިބި ކަމަށް ރިޕޯޓްތައް ބުނާއިރު ބާކީ ތިބި މީހުންނަކީ ދެކުނު ކޮރެއާ މީހުން ކަމަށް ބެލެވެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside