
--
ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު މަރުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޓޮޝިޔުކި އަޑާޗި އެވެ. އެގޮތުން އޭނާ މަރުވެފައިވަނީ ސްނޯކްލިން އަށް ގޮސް އުޅެނިކޮށް އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ.
މިކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ ޅ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ ޖަޕާނުގެ 70 އަހަރުގެ ފިރިހެން ފަތުރުވެރިޔަކު ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މޫދުގައި މަރުވެފައި އޮތް ކަމުގެ ރިޕޯޓު އިއްޔެ 08:33 ހާއިރު ލިބުނު ކަމަށެވެ. ނަމަވެސް މަރުވި މީހާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޓޮޝިޔުކި އަޑާޗި ރާއްޖޭގައި ޗުއްްޓީ ހޭދަކުރަމުންދިޔައީ އޭނާގެ އާއިލާއާއި އެކުގައި އެވެ.
އޭނާގެ ހަށިގަނޑު ޖަޕާނަށް ގެންދިޔުމުގެ މަސައްކަތް އޭނާގެ އާއިލާއާއި ކަމާބެހޭ ފަރާތްތަށް ގުޅިގެން ކުރަމުންދާކަން މި ނޫހަށް ވަނީ ކަށަވަރުވެފައި އެވެ.
ގުޅުންހުރި
.webp&w=3840&q=75)
ގުދުރަތީ ކާރިސާތަކުން އަރައިގަތުމަށް އެހީވުމަށް، ޖައިކާ އިން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ އެހީ!

މާލޭގެ ތޮށި މަރާމާތުކުރުމަށް ޖަޕާނުން 10.5 އެމެރިކާ ޑޮލަރުގެ އެހީއެއް!

ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްޞަ މަންދޫބު ރާއްޖެ ވަޑައިގެންފި
