logoEN
Sto top
ސްޕެއިނަށް ދަތުރުކުރަމުންދިޔަ ބޯޓެއް ބަންޑުން ޖަހާލައި ގިނަ ބަޔަކު މަރުވެއްޖެ

ސްޕެއިނަށް ދަތުރުކުރަމުންދިޔަ ބޯޓެއް ބަންޑުން ޖަހާލައި ގިނަ ބަޔަކު މަރުވެއްޖެ

އަހުމަދު ޝުރާއު

logo

12/27/2024, 4:03:45 PM

# ސްޕެއިން

--

ހުޅަނގު އެފްރިކާއިން ސްޕެއިންގެ ކެނެރީ އައިލެންޑްސް އަށް ދަތުރުކުރަމުންދިޔަ ބޯޓެއް މޮރޮކޯ ކައިރިން ބަންޑުން ޖަހާލައި މާލިޔާގެ 25 މީހުންނާއެކު 69 މީހުން މަރުވެފައިވާ ކަމަށް މާލީގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

Wamco

ރިޕޯޓުތައް ބުނާގޮތުގައި މި ބޯޓު ބަންޑުން ޖަހާލީ މިމަހުގެ 19 ވަނަ ދުވަހު އެވެ. ނަމަވެސް ހާދިސާގެ ތަފްސީލް ކަމާބެހޭ ފަރާތްތަކުން އާންމު ކުރީ މިއަދު އެވެ.

މި ބޯޓު ބަންޑުން ޖަހާލި އިރު ބޯޓުގައި 80 މީހުން ތިބި އިރު ހާދިސާއިން ސަލާމާތްވީ އެންމެ 11 މީހުންނެވެ.

މިހާދިސާގައި މަރުވި މާލީއަށް ނިސްބަތްވާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ އެ ގައުމުގެ ހުޅަނގުގައި އޮންނަ ކައިސް ސަރަހައްދަށް ނިސްބަތްވާ މީހުން ކަމަށް މިނިސްޓްރީ އޮފް މަލިއަންސް އެބްރޯޑްގެ އެޑްވައިޒަރު ޑޫލަޔޭ ކެއިޓާ ހުކުރު ދުވަހު އެސޯސިއޭޓެޑް ޕްރެސް އެޖެންސީއަށް ދެއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

"މަރުވި 25 މާލިއަން މީހުންގެ ތެރެއިން އަޅުގަނޑުގެ ކޮމިއުނުން 8 މާލިއަން ހިމެނޭ،" ކަޔެސް ސަރަހައްދުގެ މަރޭނާގެ ކޮމިއުނުގެ މޭޔަރު މަމަޑޫ ސިބީ އޭޕީ އަށް ވިދާޅުވި އެވެ.

ހުޅަނގު އެފްރިކާގެ އައްސޭރިފަށުން ސްޕެއިންގެ ކެނެރީ އައިލެންޑްސް އަށް އެޓްލާންޓިކް މައިގްރޭޝަން ރޫޓުން، އާންމުގޮތެއްގައި އެފްރިކާގެ ހިޖުރަވެރިން ސްޕެއިންގެ މެއިންލޭންޑަށް ދިއުމަށް މަސައްކަތް ކުރާ އިރު، އަހަރުގެ މިހާތަނަށް އެރުޓޫން ސްޕެއިންއަށް 41،425 މީހުން އެތެރެވެފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC