
ފްލައިޓު ވައްޓާލީ ރަޝިއާގެ ވައިގެ ދިފާއީ ނިޒާމުތަކުން - އަޒަރުބައިޖާންގެ އިބްތިދާއީ ތަހުގީގު
# އަޒަރުބައިޖާން--
މިިދިޔަ ބުދަ ދުވަހު ކަޒަކިސްތާނުގެ ސަރަހައްދަކަށް ވެއްޓުނު އަޒަރުބައިޖާންގެ ގައުމީ އެއާލައިން ވައްޓާލީ ކަމަށާއި އެކަން ކުރީ ރަޝިއާގެ ވައިގެ ދިފާއީ ނިޒާމުތަކުން ކަމަށް އަޒަރުބައިޖާން ކުރިޔަށް ގެންދާ މި ހާދިސާގެ ތަހުގީގުގެ އިބްތިދާއީ މަރުހަލާއިން ދައްކައިފި އެވެ.

އަޒަރުބައިޖާން އެއާލައިންސްގެ ފްލައިޓް 8432 ރަޝިއާގެ ދެކުނުގެ ޗެޗްނިއާ ސަރަހައްދުގެ ވެރިރަށް ގްރޮޒްނީއަށް ދަތުރުކުރަމުން ދަނިކޮށް ބުދަ ދުވަހު ކަޒަކިސްތާނުގެ އަކްތާއު ސިޓީ ކައިރިން ވެއްޓި 38 މީހުން މަރުވެ 29 މީހުން ވަނީ ޒަހަމްވެފައި އެވެ.
އަޒަރުބައިޖާނުން މި ހާދިސާގެ ތަހުގީގަށް ހޯދި ހޯދުންތައް އަދި ރަސްމީކޮށް އާންމުކޮށް ހާމަކޮށްފައި ނުވި ނަމަވެސް އޮފިޝަލުންތަކެއް ވަނީ ވަނީ މިހާދިސާ ހިނގީ ރަޝިއާގެ އެންޓި އެއާކްރާފްޓް މިސައިލެއްގެ ސަބަބުންކަމަށް އިބްތިދާއީ ތަހުގީގުން ނިންމާފައި ކަމަށް ޔޫރޯނިއުސް، ވޯލް ސްޓްރީޓް ޖާނަލް، އަނަޑޯލޫ އެޖެންސީ އަދި ރޮއިޓާސް ނިއުސް އެޖެންސީން ބުރާސްފަތި ދުވަހު މައުލޫމާތު ދީފައި އެވެ.
އެގޮތުން ބޯޓުގެ މުއާސަލާތީ ހިދުމަތްތައް ފެއިލް ވުމާއި އެއީ ނުރައްކަލެއް ކަމަށް ރަޝިޔާގެ ދިފާއީ ނިޒާމުތަކުން ޑިޓެކްޓުކޮށް ބޯޓު ވައްޓާލީ ކަމަށް އޮފިޝަލުން ބުނެއެވެ. މިއީ ގަސްތުގައި ރަޝިޔާއިން ދިން ހަމަލާއެއް ކަމަށް އަޒަރުބައިޖާނުން ބަލައިނުގަންނަ ކަމަށާއި މިއީ ދިފާއީ ނިޒާމާއި ބޯޓުގެ މުއާސަލާތީ ހިދުމަތާއި ދެމެދު ދިމާވި ޓެކްނިކަލް މައްސަލައެއްގެ ގޮތުގައި ތަހުގީގުން ނިންމާފައިވާކަމަށްވެސް އޮފިޝަލުން ވަނީ ބުނެފައި އެވެ.
ރަޝިއާގެ ބައިވެރިވުން އޮތް ކަމުގެ ރިޕޯޓްތައް ފެތުރިފައި މިވަނީ މަތިންދާބޯޓުގެ ޓެއިލް ސެކްޝަނަށް ފެންނަ ން ހުރި ގެއްލުންތަކުގެ މައްޗަށް ބިނާކޮށް ރަޝިއާގެ ވައިގެ ދިފާއީ ބާރުތަކުން އެކަމުގެ ޒިންމާ އުފުލަން ޖެހިދާނެ ކަމަށް އޭވިއޭޝަން މާހިރުން ލަފާކޮށްފައި ވަނިކޮށެވެ.
ގުޅުންހުރި

އަޒަރުބައިޖާން އަތުން ފްރާންސް މޮޅުވިއިރު، އެމްބާޕޭއަށް އަނިޔާވެއްޖެ

ފްލައިޓު ވައްޓާލީ ރަޝިއާގެ ވައިގެ ދިފާއީ ނިޒާމުތަކުން - އަޒަރުބައިޖާންގެ އިބްތިދާއީ ތަހުގީގު

އަޒަރުބައިޖާން އެއާލައިންސްގެ ގެ މަތިންދާބޯޓެއް ވެއްޓި ގިނަ ބަޔަކު މަރުވެއްޖެ
