![ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ބޯޓެއް ޑްރޯންގެ އެހީގައި އަތުލައިގެންފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2FGfum_D-bYAA6NDx.jpeg&w=3840&q=75)
ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ބޯޓެއް ޑްރޯންގެ އެހީގައި އަތުލައިގެންފި
# ދިވެހި ސިފައިން--
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގެންފި އެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި، ޤާނޫނާ ޚިލާފަށް ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސް ބޯޓެއް އަތުލައިގެންފައިވާ ކަމަށެވެ.
އެގޮތުން މި ބޯޓު އަތުލައިގަތީ އެމްއެންޑީއެފް އެއަރ ކޯރ ޑްރޯން ގެ އެހީގައި ލޮކޭޓް ކުރުމަށްފަހުގައި ކަމަށް ވެސް ވަނީ ބުނެފައި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރައްހަދު ބެލެހެއްޓުމަށް ސިފައިން މިހާރު ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފަދަ އޮޕަރޭޝަންތަކަށް އެޙީތެރިވުމަށް މިއަހަރުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގައި ތީ އެމްއެންޑީއެފް އެއަރ ކޯރ ގެ ނަމުގައި ޚާއްސަ ލަޝްކަރެއް ވަނީ އުފައްދާފައި އެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ޑްރޯން ދަނީ ބޭނުންކުރަމުންނެވެ.