
--
ތައިލެންޑްގެ އުތުރުގެ ޒޫއެއްގައި ކްރީމް ކުލައިގެ ހަށިގަނޑެއް ހުންނަ ލޯ ބޮޑު މަދުން ނޫނީ ނުފެންނަ މިނިކާވަގުގެ ވައްތަރެއްކަމަށްވާ ގޯލްޑަން ޓައިގަރެސް އެއް ސޯޝަލް މީޑިޔާގައި މަޝްހޫރުކަން ހޯދައިފިއެވެ.

ޗިއާންގް މައިގެ ނައިޓް ސަފާރީގެ ޓައިގާ ޓްރެއިނަރު ޕަޗާރީ ޕިޕަޓްވޮންގްޗައި ބުނިގޮތުގައި އާދަޔާ ހިލާފު ކުލައެއްގައި ހުންނަ ބެންގާލްގެ މިފަދަ މިނިކާވަގުތަށް ޖަންގަލީގެ ބަދަލުގައި މިހާރު ފެންނާނީ ޖަނަވާރުން ވިއްސާ މަރުކަޒުތަކުން ނުވަތަ ޒޫތަކުން އެކަނި ކަމަށެވެ. އެގޮތުން މި ބާވަތަކުގެ އެއްމާބަނޑު ދެބެއިން ކަމަށްވާ ތިން އަހަރުގެ އާވާ އާއި ލޫނާ އަކީ މިހާރު މިފަދައިން އެންމެ މަޝްހޫރު ދެ މިނިކާވަގެވެ.

މި ދެ ބެއިން މިދިޔަ ޖޫން މަހު އެޒުލަށް ތައާރަފުވެ، އެ ތަނުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެ ދެ ބެއިން ފެނުމާ އެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައިއެވެ.
ހަފުތާއަކު ހަތަރު ދުވަހު ޒޫގެ 500 މީހުންގެ ޖާގައިގެ އެރީނާގައި މި ދެބެއިން އެމީހުންގެ ޓްރެއިނަރާ އެކު ޝޯތައް މިހާރު ހުށަހަޅައިދެ އެވެ.

ތައި ނޭޝަނަލް ޕާކްސްގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި މިފަދަ ޖަނަވާރުންގެ އާދަޔާ ހިލާފު ޕިގްމެންޓޭޝަންގެ ނަތީޖާއަކީ ރިސެސިވް ޖީންތަކެވެ.
މީގެ ކުރިންވެސް ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ ދެކުނުގައި އޮންނަ އެހެން ޒުލެއްގައި އޮންނަ މޫ ޑެންގް ނަމަކަށް ކިޔާ ތުއްތު ހިޕޯއަކަށް އެތައް ހާސް ބަޔެއްގެ ޝައުގުވެރިކަން ވަނީ ލިބިފައި އެވެ.




