logoEN
PNC TOP 3
ޕީއެސްއެމްގެ ޗެއާޕާސަން އަކަށް ނަމްޒާ!

ޕީއެސްއެމްގެ ޗެއާޕާސަން އަކަށް ނަމްޒާ!

އަހުމަދު ޝުރާއު

logo

12/23/2024, 11:55:34 AM

# ޕީއެސްއެމް

--

ރާއްޖޭގެ ދައުލަތުގެ މީޑިއާ, ޕަބްލިކް ސާވިސް މީޑިއާ ( ޕީއެސްއެމް ) ގެ ޗެއާޕާސަން އަކަށް މަޝްހޫރު ޕްރެޒެންޓަރު އާމިނަތު ނަމްޒާ އައްޔަނުކޮށްފި އެވެ.

PNC MID 2

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނެވެރި ފަރާތްތަކަށްވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑު ( ޕީސީބީ) އިން މިއަދު ބުނީ ޕީ.އެސް.އެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި ޗެއަރޕަރސަން ކަމުގެ މަޤާމަށް މ.ހަނީކޯމްބް، އަލްފާޟިލާ އާމިނަތު ނަމްޒާ މިއަދު ވަނީ އައްޔަނުކޮށްފައިވާ ކަމަށެވެ.

ނަމްޒާ މިވަގުތު ހުންނެވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރުގެ ނައިބުގެ މަޤާމުގައެވެ.

ނަމްޒާއަކީ ޕީއެސްއެމްގެ ޗެނަލެއް ކަމަށްވާ ޓީވީ މޯލްޑިވްސްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި ކުޅަދާނަ މަޝްހޫރު ޕްރެސެންޓަރެކެވެ.

ޕީއެސްއެމްއަށް އައު ޗެއާޕާސަންއަކު އައްޔަނުކުރި އިރު ޕީސީބީއިން މިއަދު ވަނީ އެކުންފުނީގެ އެމްޑީގެ މަގާމަށްވެސް ބޭފުޅަކު އައްޔަނުކޮށްފައެވެ. އެގޮތުން އެމްޑީގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ އިބްރާހިމް ނަސްރީން އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC