logoEN
WAMCO TOP 1
ދައުލަތުގެ މީޑިއާގެ އައު އެމްޑީއަކަށް ނަސްރީން!

ދައުލަތުގެ މީޑިއާގެ އައު އެމްޑީއަކަށް ނަސްރީން!

ސާރާ އަހުމަދު

logo

12/22/2024, 3:56:11 PM

# ޕީއެސްއެމް

--

ރާއްޖޭގެ ދައުލަތުގެ މިޑިއާ, ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ އައު މެނޭޖިން ޑިރެކްޓަރު ކަމަށް އެކުންފުނީގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ އިބްރާހީމް ނަސްރީން އައްޔަނު ކުރައްވައިފި އެވެ.

THE TRAVELLER AD

އެ މަގާމަށް ނަސްރީން އައްޔަން ކުރައްވާފައިވަނީ ކުރިން ހުންނެވި މުހައްމަދު ސައީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ސައީދު މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަންގާރަ ދުވަހު ސިއްހީ ހާލުކޮޅު ހުރި ގޮތުން ކަމަށް ބުނެއެވެ.

މިއަދު އައު އެމްޑީއަކަށް އައްޔަނުކުރި ނަސްރީންއަކީ މީގެކުރިން ޕީއެސްއެމްގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ.

ނަސްރީންއަކީ މި ސަރުކާރުގައި ޕީއެސްއެމްގެ އެމްޑީއަކަށް އައްޔަނުކުރި ތިން ވަނަ ފަރާތެވެ. އެގޮތުންމި ސަރުކާރުގައި ޕީއެސްއެމް މެނޭޖިން ޑިރެކްޓަރަށް ފުރަތަމަ ހުއްނެވީ ޒީނާ ޒާހިރު އެވެ. ނަމަވެސް ޒީނާ ވަނީ މިދިޔަ އޮގަސްޓު މަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ކޮމެންޓް
ފަހުގެ
HDC