
--
މާލެއިން އަންހެނަކު ހުއްޓުވައި ފޭރެން މަސައްކަތްކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ޑިސެމްބަރު 19 ވަނަ ދުވަހުގެ ވަގުތެއްގައި މާލެ އަލިކިލޭގެފާނު މަގުން ދިޔަ މީހަކު އެހެން ސައިކަލެއްގައި ދިޔަ އަންހެނަކު ހުއްޓުވައި ފޭރެން މަސައްކަތް ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި މި މައްސަލައިގެ ތުހުމަތުގައި މާލެ, ވ ފިޔަބަރި އުމުރުން 30 އަހަރުގެ ހަސަން އިސާމް އިއްޔެގެ 17:20 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަންވެސް ވަނީ ފާހަގަކޮށްފައެވެ.
މާލެގެ މަގުމަތިން އަންހެނަކު ހުއްޓުވައި ފޭރެން މަސައްކަތްކުރި ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެގޮތުން ވީޑިއޯއިން ފެންނަ ގޮތުގައި އަންހެނަކު ސައިކަލުގައި ދަނިކޮށް އެހެން ސައިކަލެއްގައި އައި ފިރިހެނަކު އަންހެން މީހާގެ ކަރުގައި އޮތް ފަށެއް ފޭރެން މަސައްކަތް ކުރެއެވެ. އަދި އެކަން ނާކާމިޔާބުވުމުން ސައިކަލުން ފައިބާ އަންހެން މީހާ ފަހާ ދުވެ ދަބަސްވެސް ފޭރިގަންނަން މަސައްކަތްކުރާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
ގުޅުންހުރި

ހުޅުމާލެއިން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެ އެކަކު ހައްޔަރަށް!

ވީއައިއޭއިން ސިނގިރެޓް ކާޓަން ތަކެއް ބޭރު ކުރަން އުޅުނު ފުލުސް މީހާ ސަސްޕެންޑުކޮށްފި

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި
