logoEN
Sto top
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

އަހުމަދު ޝުރާއު

logo

12/20/2024, 8:10:00 AM

# ފަޒުލް# ގޯތި ތަހުގީގު

--

ބިންވެރިޔާ ސްކީމާއި ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައާއި ގުޅިގެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

Wamco

ފުލުހުން މިއަދު ބުނީ އެއިދާރާއިން ތަހުގީގު ކުރަމުންދާ ބިންވެރިޔާ ހައުސިންގ ސްކީމާއި ގުޅުންހުރި މައްސަލައާއި ގުޅިގެން ޖުމުލަ 20 މީހެއް ފުރުން މަނާކުރުމުގެ އަމުރު ކޯޓުން ނެރެފައިވާ ކަމަށެވެ.

އަދި އެމީހުންގެ ތެރޭގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުއާއި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަދި ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދު ހިމެނޭކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އެދެމީހުންގެ އިތުރުން ދެން ޕާސްޕޯޓު ހިފަހެއްޓި މީހުންގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

ނަމަވެސް މި ނޫހަށް މައުލޫމާތު ލިބޭގޮތުގައި ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރޭގައި އެޗްޑީސީގެ ބޯޑުގައި ހިމެނޭ ބައެއް ފަރާްތްތަކާއި އެކުންފުނީގެ އެހެނިހެން އިސް ބައެއް ފަރާތްތަކާއި ހައުސިންގ މިނިސްޓްރީގެ ބައެއް ފަރާތްތަށް ހިމެނެއެވެ.

ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި، ފަޒީލް ހިމެނޭ ކަމަށް ބުނާ ލިޔެކިޔުންތަކެއް ވަނީ އާންމުވެފައެވެ. އޭނާއަށް ލިބުނު ގޯތީގެ ވަށާ ފާރު ވެސް މިހާރު ހުރީ ރާނައިފައެވެ. އެކަމަކު، މިދިޔަ އަހަރުގެ އޮގަސްޓު މަހު ނެރުނު "ބިންވެރިޔާ" ސްކީމްގެ ލިސްޓުގައި ފަޒީލް ހިމެނުނީ ޝަރުތު ހަމަނުވާ މީހެއްގެ ގޮތުގައެވެ. މި މައްސަލަ ފެންމަތިވީ އެޗްޑީސީން އެގޯތިތަކުގެ ވާށާފާރު ރޭނުމަށްޓަކައި ހުއްދަ ހޯދުމަށް ހައުސިންގ މިނިސްޓްރީއަށް ފޮނުވާފައިވާ ލިޔެކިޔުންތަކެއް މީސް މީޑިއާގައި ދައުރުވުމާއި ގުޅިގެންނެވެ.

މި މައްސަލައާއި ގުޅިގެން އެޗްޑީސީން ބޭއްވި ކުއްްލި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިނުމުގެ ބާރު އެޗްޑީސީގައި ނޯންނާނެ ކަމަށާއި ދައުރުވަމުންދާ ލިޔެކިޔުންތަކަކީ އެޗްޑީސީގެ ޕޯޓަލްއަށް އެދުނު ރިކުއެސްޓްތަކެއްގެ ވެރިފިކޭޝަނަށް ޕޯޓަލްއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަކީ ސައްހަ ލިޔެކިޔުންތަކެއްތޯ ބެލުމަށް އެކުންފުނިން ހައުސިންގ މިނިސްޓްރީއާއި ދެމެދު ކުރެވުނު މުއާމަލާތްތަކުގެ ލިޔެކިޔުންތަކެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ސަރުކާރުން ވަނީ ފަޒުލް އާއި ފަޒީލްގެ އިތުރުން އެޗްޑީސީ އާއި ހައުސިންގ މިނިސްޓްރީގެ އިސްވެރިންތަކެއް މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތި ދިން މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ފުލުހުންނާއި އޭސީސީއިން މިހާރު ވަނީ ތަހުގީގެއް ފަށާފައި އެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީ އިން ގޯތިތަކެއް ދީފައިވާ ކަމަށް ވެލެވޭ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެމައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށާފައިވާ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC