logoEN
PNC TOP 3
މަގާމާއި ހަވާލުވިތާ ފަސް މަސް ނުވަނީސް ޕީއެސްއެމްގެ އެމްޑީކަމުން ސައީދު އިސްތިއުފާދެއްވައިފި

މަގާމާއި ހަވާލުވިތާ ފަސް މަސް ނުވަނީސް ޕީއެސްއެމްގެ އެމްޑީކަމުން ސައީދު އިސްތިއުފާދެއްވައިފި

އަހުމަދު ޝުރާއު

logo

12/17/2024, 3:01:41 PM

# ޕީއެސްއެމް

--

ދައުލަތުގެ މީޑިއާ, ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

PNC MID 2

މައުލޫމާތު ލިބޭގޮތުގައި ސައީދު އިސްތިއުފާ ދެއްވާ އެކަން ދާދި ދެންމެ މުވައްޒިފުންނަށް ވަނީ އަންގާފަ އެވެ. އެގޮތުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކާއި ހެދި ކަމަށް އިތުބާރު ހުރި މަސްދަރަކުން ވަނީ ކަށަވަރުކޮށްދީފައި އެވެ.

ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ސައީދު އައްޔަން ކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު އެވެ.

ސައީދު އިސްތިއުފާ ދެއްވީ ޕީއެސްއެމްގެ ބައެއް ކޮންޓެންޓްގެ މައްސަލާގައި ފާޑުކިޔުން ޕީއެސްއެމްއަށް އަމާޒުވަމުންދާ ދަނޑިވަޅެއްގައި އެވެ. އެގޮތުން ލައިވް ފީޑެއް ގެނެސްދެމުން ދަނިކޮށް ކޮންޓްރޯލް ރޫމް ބަދަލުކުރި ދަނޑިވަޅުގައި ގުރުއާނުގެ ކަލިމައެއް އުނިވި މައްސަލައަކާއި ގެނެސްދިން ކޮންޓެންޓެއްގައި ބޭއަދަބީ މަންޒަރުތަކެއް ހިމެނުނު މައްސަލައެއް ދާދި ފަހުން ވަނީ ފެންމަތިވެފައި އެވެ. މި ދެ މައްސަލައާއި ގުޅިގެން ޕީއެސްއެމްއިން ވަނީ މުވައްޒަފުންތަކެއް ސަސްޕެންޑުވެސް ކޮށްފައެވެ. މުވައްޒަފުންތަކެއް ސަސްޕެންޑު ކުރި މައްސަލައާއި ގުޅިގެން މުވައްޒަފުންގެ ތެރޭގައި ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާ ކަމުގެ އަޑުތަކެއްވެސް ވަނީ ފަތުރިފައި އެވެ.

މީގެ އިތުރުންވެސް ޕީއެސްއެމް ހިންގަމުންދާ ގޮތާއި މެދު ގިނަ ބަޔެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.

ސައީދުއަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ޕީއެސްއެމްއާއި ހަވާލުވަޑައިގެންނެވި ދެވަނަ އެމްޑީއެވެ. އެގޮތުން ސައީދުގެ ކުރިން ޕީއެސްއެމްގެ އެމްޑީގެ މަގާމުގައި ހުންނެވީ ޒީނާ ޒާހިރު އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC