logoEN
Sto top
މަންދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފި

މަންދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފި

އަހުމަދު ޝުރާއު

logo

12/14/2024, 3:21:39 PM

# އދ. މަންދޫ

--

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

Wamco

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު އދ. ދަނގެތި ކައުންސިލް އިދާރާގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ފާއިތުވެ ދިޔަ އަހަރުތަކުގައި އެކި ސަރުކާރުތަކުން މަންދޫގައި މަޝްރޫޢުތައް ހިންގާފައިވާލެއް މަދުކަން ފާހަގަކުރައްވައި މި ސަރުކާރުގެ ފަރާތުން އެހެންވިޔަ ނުދީ ގިނަ މަޝްރޫޢުތައް ކުރިއަށްގެންދެވުމަށް އެދިވަޑައިގެންފައެވެ. އަދި ރަށަށް އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުން ވަނީ ރަށުގެ ސުކޫލަށް އިތުރު ކްލާސް ރޫމް ބޭނުންވާ ކަމަށާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާކަމަށާއި، ބަނދަރު ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީކޮށްދެއްވުމަށާއި، އޭ.ޓީ.އެމްގެ ޚިދުމަތް ރަށުން ލިބުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި ރަށުން މާލެއަށް ފަސޭހަކަމާއެކު ދެވޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް ވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކުރިއަށް ދާނެކަމަށެވެ. އަދި މުޅި ރާއްޖޭގައި އޭ.ޓީ.އެމްގެ ޚިދުމަތް ތަޢާރަފުކުރުމުގެ މަޝްރޫޢު ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މަންދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢޫލޫމާތުތައް ޙިއްޞާކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި އެކި މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުވެސް ކަމާގުޅޭ ވަޒީރުން ޙިއްޞާކުރެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC