![ފާއިތުވި ހަފުތާގައި ބަލިމީހުން އުފުލުމުގެ 55 މެޑިކަލް އިވެކުއޭޝަން އޮޕަރޭޝަން ސިފައިން ކުރިޔަށް ގެންދިޔަ!](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2F138769589_3108486889252767_3812525270317354730_n.jpg&w=3840&q=75)
ފާއިތުވި ހަފުތާގައި ބަލިމީހުން އުފުލުމުގެ 55 މެޑިކަލް އިވެކުއޭޝަން އޮޕަރޭޝަން ސިފައިން ކުރިޔަށް ގެންދިޔަ!
# ދިވެހި ސިފައިން--
ފާއިތުވި ހަފްތާގެ ތެރޭގައި ސިފައިންގެ ކޯސްޓްގާޑުން ކުރިޔަށް ގެންދިޔަ މެޑިކަލް އިވެކުއޭޝަން އޮޕަރޭޝަން ތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފި އެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
އެމްއެންޑީއެފްއިން މިއަދު ބުނީ ވޭތުވެދިޔަ ހަފުތާގައި އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ޞިއްޙީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 55 މެޑިކަލް އިވެކުއޭޝަން ހަދައިދީފައިވާ ކަމަށެވެ.
މިގޮތުން ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން 23، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން 12، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން 10 އަދި ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން 10 ދަތުރު ކޮށްދީފައި ކަން އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.
ބަލިމީހުން އުފުލުމަށް ސީއެމްބިއުލާންސްތައް ރާއްޖޭގައި ހުރިހާ ކަންކޮޅުތަކުގައި ހަރަކާތްތެރިވާއިރު މި ހިދުމަތް ދެމުން ދަނީ ސިފައިންގެ ފުރިހަމަ އެހީތެރިކަމާއި އެކުގައި އެވެ.
މެޑިކަލް އެވެކުއޭޝަންތަކުގައި ސިފައިން ދަނީ އެއާކޯގެ ހިދުމަތުގައި ހިމެނޭ އުޅަނދުތައްވެސް ބޭނުންކުރަމުންނެވެ. އޭގެ ތެރޭގައި ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ހިމެނެއެވެ.