logoEN
Sto top
2034 ގެ ވޯލްޑްކަޕް އޮންނާނީ ސައުދީގައި!

2034 ގެ ވޯލްޑްކަޕް އޮންނާނީ ސައުދީގައި!

އަހުމަދު ޝުރާއު

logo

12/11/2024, 7:24:02 PM

# ވޯލްޑްކަޕް

--

2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ސައުދީއިން ހުށަހެޅި ބިޑް އެގައުމުން ކާމިޔާބުކޮށްފި އެވެ.

Wamco

2023 ވަނަ އަހަރުގެ ވޯލްޑްކަޕް ބިޑް ސައުދީޢަށް ކާމިޔާބުވިކަން ރަސްމީކޮށް އިއުލާނުކުރީ މިއަދު ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން އިއްޔެ ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އެވެ.

ސައުދީ އަރަބިއްޔާ ވެގެންދާނީ 2022 ވަނަ އަހަރު ގަތަރަށް ފަހު އެންމެ މަތީ ފަންތީގެ ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތް ބާއްވާ މެދުއިރުމަތީގެ ދެވަނަ ގައުމަށެވެ.

ސައުދީގެ ވޯލްޑްކަޕް ބިޑުގައި ވާގޮތުން ނަމަ މުބާރާތް ބާއްވާ ފަސް ސިޓީ ކަމަށްވާ ރިޔާޒް، ޖިއްދާ، ޚުބާރް، އަބާ އަދި ނިއޯމްގައި 15 ސްޓޭޑިއަމެއްގައި މެޗުތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

2034 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ މުބާރާތުގެ ތާރީހުގައި ވެސް 48 ޓީމު ހިމެނޭ ފުރަތަމަ މުބާރާތެވެ.

ރޭގެ ކޮންގްރެސްގައި ވަނީ 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވާނެ ގައުމުތައްވެސް އިއުލާނުކޮށްފައެވެ. އެގޮތުން 2030 ގެ ވޯލްޑްކަޕް ބާއްވާނީ ޖޮއިންޓް ހޯސްޓުންގެ ގޮތުގައި މޮރޮކޯ، ޕޯޗުގަލް އަދި ސްޕެއިން ގައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside