logoEN
Sto top
ކަރެކްޝަނަލް ލީޑަރޝިޕް ސެމިނަރ ބާއްވައިފި

ކަރެކްޝަނަލް ލީޑަރޝިޕް ސެމިނަރ ބާއްވައިފި

އަހުމަދު ޝުރާއު

logo

12/11/2024, 10:48:31 AM

# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

--

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ބްރިޓިޝް ހައި ކޮމިޝަން އާ ގުޅިގެން “ކަރެކްޝަނަލް ލީޑަރޝިޕް ސެމިނަރ” ގެ އެންމެ ފަހު ސެމިނަރ ބާއްވައިފިއެވެ.

Wamco

08 ޑިސެމްބަރ 2024 ން ފެށިގެން 11 ޑިސެމްބަރ 2024 ށް ކުރިއަށްދިޔަ މި ސެމިނަރއަކީ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ދަށުން އެމްސީއެސްގެ ސީނިއަރ މެނޭޖްމަންޓަށް ހިންގުމަށް ހަމަޖެހިފައިވާ ތިން ލީޑަރޝިޕް ސެމިނަރގެ ތެރެއިން އެންމެ ފަހު ސެމިނަރއެވެ.

މި ސެމިނަރތަކުގެ މައިގަނޑު މަޤްޞަދަކީ ޖަލު ބެލެހެއްޓުމުގެ ދާއިރާ ކުރިއެރުވުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިސަރުންގެ ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެެގޮތުން މި ސެމިނަރގައި ބައިވެރިވެފައި ވަނީ 16 ސީނިއަރ ލެވެލްގެ އޮފިސަރުންނާއި ސިވިލް މުވައްޒަފުންނެވެ.

މި ސެމިނަރގެ ނިމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އާއި މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ ޕްރިޒަން ކޮމްޕޯނަންޓް ލީޑް ޑރ ޝޭން ބްރާޔަންސް މި ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ދެއްކެވި ވާހަކަފުޅުގައި ތަމްރީންތަކާއި ޚާއްސަކޮށް ލީޑަރޝިޕް ތަމްރީންތައް ލިބުމުގެ މުޙިއްމުކަމަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ތަމްރީންތައް ލިބިގަތުމަށްފަހު އެންމެ ކަމެއް ކުރަންޖެހޭ ހިނދު އެމީހެއްގެ ކިބައިގައި ހުރި ކޮލިޓީތަކާއި ޢިލްމް އަމަލީގޮތުން ބޭނުންކުރުމަށް ބާރުއެޅުއްވިއެވެ. އަދި މިހާރު އޮފިސަރުންނާއި މުވައްޒަފުންގެ ތެރޭގައި ތިބީ ވަރަށް ޒުވާން ބޭފުޅުންކަމަށާއި މުވައްސަސާ އަދި ޤައުމު ކުރިއެރުމަށް ޔޫތު އެންޕަވަރމަންޓް ވަރަށް މުޙިއްމުކަމަށް ވިދާޅުވިއެވެ.

މި ސެމިނަރގައި ސަމާލުކަން ދީފައިވަނީ “ލީޑަރޝިޕް ސްޓައިލްސް”، “ލީޑަރޝިޕް ކޮލިޓީޒް”، “އޯގަނައިޒޭޝަނަލް ކަލްޗަރ”، “ލީޑިންގ އެންޑް މެނޭޖިންގ އަދަރސް”، “ލީޑިންގ ޓީމްސް”، އަދި “މެނޭޖިންގ ޔޯސެލްފް” އަށެވެ.

މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ފަރާތުން މި ސެމިނަރގައި އިސްކޮށް ހަރަކާތްތެރިވީ ޕްރިޒަން ކޮމްޕޯނަންޓް ލީޑް ޑރ ޝޭން ބްރާޔަންސްއެވެ. އަދި މި ސެމިނަރގައި ތަޖުރިބާކާރު ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވީ ޕޯލް ގަރޓް، ޑޭވިޑް ވެލްސް އަދި ޓޯނީ ހެސެލްއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside