![މާލޭގެ މެރީބްރައުން ކައިރީ ޕާކު ކޮށްފައި އޮތް ކާރެއްގައި ރޯވެއްޖެ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2F5414.jpg&w=3840&q=75)
--
މާލޭގެ މެރީބްރައުން ކައިރީ ޕާކު ކޮށްފައި އޮތް ކާރެއްގައި ރޯވެއްޖެ އެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
ސިފައިން މިއަދު ބުނީ މާލޭ މޭރީބްރައުން ކުރިމަތީ ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތެރިވެ ނިއްވާލާފައިވާ ކަމަށެވެ.
އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މިއަދު 11:48 ހާއިރު މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.
މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ކާރުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު 12:56 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.