
--
މ ނާލާފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެރަށަށް އިތުރު ޖެނެސެޓެއް ގެންގޮސްފި އެވެ.

ފެނަކައިން ބުނީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މ ނާލާފުށީގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް އެރަށަށް އިތުރު ޖެންސެޓް އެއް ގެންދެވިފައިވާ ކަމަށެވެ.
އެގޮތުން އެރަށް ފެނަކައިން ގެންގޮސްފައިވަނީ 250 ކިލޯވޯޓުގެ ޖެނެސެޓެކެވެ. މިހާރު ކުރިޔަށް ދަނީ މި ޖެނެސެޓު އިންސްޓޯލް ކޮށް ކަމިޝަން ކުރުމުގެ މަސައްކަތް ކަމަށް ފެނަކައިން ބުނެއެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފެނާއި, ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ދަނީ އެކުންފުނީގެ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ރައްޔިތުންނަށް ހިދުމަތް ދިނުމަށް ގިނަ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ފާއިތުވި އެއް އަހަރުގެ ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް އެކުންފުނިން ވަނީ ކޮށްފައެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
މިހާރުގެ މެނޭޖްމެންޓުން ކޮރަޕްޝަނެއް ނުހިންގާ، އޮޑިޓުން ފާހަގަވި ކަންކަމާއި ގުޅިގެން އިސްލާހި ފިޔަވަޅުތައް އަޅަން ފަށައިފި - ފެނަކަ
ފެނަކައަށް ހަދާލީ ވަރަށް ދެރަގޮތެއް، ހިޔާނާތުގެ ތަހުގީގު އަވަސްކުރަން އަންގައިފިން - ރައީސް

އައްޑޫއިން ރޭ ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނުގެ ކޭބަނަލަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި
