
ކޮރަޕްޝަން ހުއްޓުވުމަށް ކުރާ މަސައްކަތްތައް ހަރުދާކުރުމަށް ޖަޕާނުން ރާއްޖެއަށް 2 މިލިއަން ޑޮލަރުގެ އެހީއެއް!
# ރާއްޖެ - ޖަޕާން--
ރާއްޖޭގެ އެންޓި ކޮަރަޕްޝަން ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ޖަޕާން ސަރުކާރުން ރާއްޖެއަށް އެހީ ފޯރުކޯށްދޭން ނިންމައިފި އެވެ.

އެގޮތުން ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ އެކްސްޗޭންޖް އޮފް ނޯޓްސް ފޯ ދަ ޕްރޮޖެކްޓް ޓުވާޑްސް އެންހޭންސިން މޯބިލިޓީ އެންޑް އޮޕަރޭޝަނަލް އެފިޝިއެންސީގައި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ވަނީ ސޮއިކޮށްފަ އެވެ.ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭޣެ ފޮރިން މިނިސްޓަރު އަބްދުالله ޚަލީލް އެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކޭޗީ މިޑޯރީ އެވެ.
ޖަޕާނުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓަކީ އޭސީސީގެ މޮބިލިޓީ އިންފްރާސްޓްރަކްޗާ އިތުރުކޮށްގެން އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
އެގޮތުން 300 މިލިއަން ޖަޕަނީސް ޔެން (2.158 މިލިއަން ޑޮލަރު) ގެ މި އެހީގެ ސަބަބުން އޭސީސީއަށް ކޮރަޕްޝަންގެ ތުހުމަތުތަކަށް ހަރުދަނާ ގޮތެއްގައި އިޖާބަދީ، ޖިއޮގްރަފީ ގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ތަހުގީގުތައް ކުރިއަށް ގެންދަން މަގުވަހުވެގެންދާނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޑރ.ޚަލީލް ވަނީ ކޮރަޕްޝަން ހުއްޓުވުމަށާއި ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމުގައި މި މަޝްރޫޢުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި މަޝްރޫޢަކީ ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ދެފުށް ފެންނަ، ޒިންމާދާރު ސަރުކާރެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމުގައި ސިފަކުރައްވާފައި އެވެ. ޚަލީލް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މުއައްސަސާތައް ހަރުދަނާކުރެއްވުމުގައި ޖަޕާނު ސަރުކާރުން އަދާކުރައްވަމުން ގެންދަވާ މުހިންމު ދައުރަށް ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގާތް ރަޙްމަތްތެރި ކަމުގެ ގުޅުމަށް 57 އަހަރު ފުރުމުގެ މުނާސަބަތުގައި މިނިސްޓަރ ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޖަޕާނުގެ އެހީއަކީ ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއާއި ހިންގުމުގެ މަސައްކަތުގައި ވަރަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ.
ގުޅުންހުރި

ޖަޕާނުގެ ޖޭޑީއެސްގެ ދަށުން ރާއްޖެއަށް މިއަހަރު 1.3 މިލިއަން ޑޮލަރުގެ ހަ ސްކޮލަޝިޕް!

ޖަޕާނުން ރާއްޖެއަށް އައު ސަފީރެއް!

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޖަޕާންގެ މަޖިލިސް މެންބަރަކު މަރުވެއްޖެ
