
މަރާމާރީ ހިންގި ބިދޭސީންގެ މައްސަލަ ބަލަން ފަށައިފިން, ފިޔަވަޅު އަޅާނަން - ޝަމްއާން
# މޯލްޑިވްސް އިމިގްރޭޝަން--
މައުލޫމާތު ލިބޭގޮތުގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި އާންމުކޮށް ހުކުރު ދުވަސްތަކުގައި ބިދޭސީންގެ މެދުގައި މާރާމާރީތައް ހިނގާ މިންވަރު މިހާރު ވަނީ ގިނަ ވެފައި އެވެ.

އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއް މާރާމާރީ ހިންގި މައްސަލައެއް މިއަދުގެ 18:22 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަން ފުލުހުން ވަނީ މިރޭ ހާމަކޮށްފައެވެ. ނަމަވެސް މި މައްސަލައާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާއި ގުޅިގެން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވިދާޅުވީ މިއަދުގެ އިރުއޮއްސުނު ވަގުތު އާރޓިފިޝަލް ބީޗު ސަރަހައްދުގައި މާރާމާރީ ހިންގާ އާއްމު މަސްލަހަތު ނަގާލުމުގައި ބައިވެރިވެފައިވާ ބިދޭސީންގެ މައްސަލަ ޓާސްކް ފޯހުން މިހާރު ބަލަމުންދާ ކަމަށެވެ.
އަދި މިކަމުގަ ޝާމިލުވެފައިވާ ބިދޭސީންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަޤީންކަން ޝަމްއާން ވަނީ ދެއްވާފައި އެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ މި މާރާމާރީއާއި ގުޅޭ ވީޑިއޯއަކުން ފެންނަ ގޮތުގައި މާރާމާރީ ހިނގީ ބިދޭސީންގެ ދެ ގްރޫޕެއްގެ ދޭތެރޭގައި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި އާންމުކޮށް ހުކުރު ދުވަސްތަކުގައި ބިދޭސީންގެ މެދުގައި މާރާމާރީތައް ހިނގާ މިންވަރު މިހާރު ވަނީ ގިނަ ވެފައި އެވެ.
ގުޅުންހުރި

އިމިގްރޭޝަންގެ ޚިދުމަތްތަކުގެ މައުލޫމާތުތައް ތަފްސީލާއިއެކު އާންމުންނަށް ފޯރުކޮށްދިނުމަށް ޚާއްސަ ޕްރޮގްރާމެއް!

މާދަމާ ސަރުކާރު ބަންދަސް މާލެ ސަރަހައްދުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ!

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހުޅުމާލޭގައި ރެއިޑް އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފި
