
ރާއްޖޭގެ ތިންވަނަ މޫސުމީ ބަދަލުތަކާ ގުޅޭ ޢަމަލީ ޕްލޭން އެކުލަވާލުމަށް މަޝްވަރާކޮށްފި
# މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ--
މިއަދު ދިވެހިރާއްޖޭގެ ތިންވަނަ މޫސުމީ ބަދަލުތަކާ ގުޅޭ ޢަމަލީ ޕްލޭން (އެން.ޑީ.ސީ 3.0) އެކުލަވާލުމަށްޓަކައި ސްޓޭކްހޯލްޑަރުންގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނީ މި ބައްދަލުވުމުގައި އެކި ދާއިރާތަކުގެ އިސްކަންދޭ ކަންތައްތަކާއި ޕްލޭން ތައްޔާރުކުރުމުގައި ގެންގުޅޭނެ ސްޓްރެޓެޖީތައް ދެނެގަތުމަށާއި، އަދި މި ޕްލޭން ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރާނެ ގޮތްތައް ބަލައި ދިރާސާކުރުމަށް މަޝްވަރާކުރެވުނު ކަމަށެވެ.
މި ބައްދަލުވުމަކީ ދިވެހިރާއްޖެއިން މޫސުމީ ބަދަލުތަކާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް، ބައިނަލްއަޤްވާމީ މުޖުތަމަޢުއާއެކު ކުރެވޭ މަސައްކަތްތައް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެވުޒާރާއިން ފާހަގަކުރެއެވެ.
އެން.ޑީ.ސީ 3.0 އަކީ ޕެރިސް އެއްބަސްވުމުގެ ދަށުން ކޮންމެ ޤައުމަކުންވެސް ތައްޔާރުކުރަންޖެހޭ ޤައުމީ ފެންވަރުގެ ޕްލޭނެކެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ޖަމްޢިއްޔާތަކާއި، އަދި އެކި ސިނާޢަތްތަކުގެ ތަޖުރިބާކާރުން ހިމެނެއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކުރުމަށް މި ޕްލޭނުން މަގުފަހިވާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.
ގުޅުންހުރި

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް މި ހިނގާ ޖޫން މަހުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް!

ފެނަކައިން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

ދެމެހެއްޓެނިވި ގޮތެއްގައި ރަށްގިރުން ހުއްޓުވުމަށް ތަމްރީނު ލިބުނު ފަރާތްތަކުން އެކްޝަން ޕްލޭން ހިއްސާކޮށްފި
.webp&w=3840&q=75)