
މާލެގެ އެއްގަމު ތޮށި އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ކޮލްސަލްޓެންސީ ހެދުމަށް ސޮއިކޮށްފި
# އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ--
މާލޭގެ އެއްގަމު ތޮށި އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ކޮންސަލްޓެންސީ ހެދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިމަހުގެ 3 ވަނަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި 'ޕްރޮޖެކްޓް ފޮރ ޑިޒާސްޓަރ ރެސިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް' ގެ ކޮންސަލްޓަންސީ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ބިނާރާ ބެހޭ ވަޒީރުގެ ނައިބު ޠަޢާމް މުޙައްމަދު އެވެ. އަދި ކޮންސަލްޓަންޓް ޓީމްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮންސަލްޓަންޓް ހިރޯމީ ނަމިކީއެވެ.
މި އެއްބަސްވުމަކީ މައިގަނޑުގޮތެއްގައި މާލެ ސިޓީގެ އެއްގަމު ތޮށި އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ޑީޓެއިލް ޑިޒައިން ކުރުމުގެގޮތުން ވެފައިވާ އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ދަށުން 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރއާއި ހަމައަށް ޑިޒައިނިންގ ފޭސް ނިންމުމަށްވަނީ ރާވާފައެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް 19 ސެޕްޓެންބަރު 2024 ގައި ދިވެހިރާއްޖެއާއި ޖަޕާން ސަރުކާރާ ދެމެދުވަނީ އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކޮށް, އަދި ގްރާންޓް އެއިޑްގެ އެއްބަސްވުމުގައި 28 އޮކްޓޫބަރު 2024 ގައި ސޮއިކޮށްފައެވެ.
ގުޅުންހުރި

ރައީސް އިއުލާނުކުރެއްވި ގޮތަށް ގޯތި ލިބޭ އިތުރު 2 ކެޓަގަރީގެ އުސޫލު ރޯދައިގެ ކުރީން އާންމުކޮށް އަންނަ މަހު ކުރީކޮޅު ކުރިމަތިލާން ހުޅުވާލަނީ

ޢިމާރާތްކުރުމުގެ މަސައްކަތްތަކުގައި އިންޝުއަރަންސް ކަވަރޭޖް ހޯދުން މަޖުބޫރުކޮށްފި

ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 31 އިންސައްތަ ނިމިއްޖެ

.gif&w=3840&q=75)



