
އަންނަން އޮތް ޖީލުތަކަށް ދިވެހީންގެ ތަރިކަތައް ވާސިލުކޮށްދިނުން މުހިންމު!
# ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާ--
ރައްކަލާ ނުރައްކަލުގެ ޙާލަތުގެ ދެމެދުގައި ޤައުމައިގެން ކުރިއަށް ދިއުމަށްޓަކައި އަންނަން އޮތް ޖީލުތަކަށް ދިވެހީންގެ ތަރިކަތައް ވާސިލުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ހުރަވީ ދުވަސް ފާހަގަކުރުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރސްމީ ޖަލްސާގައި މަރުޙަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ޤައުމެއްގެ ޙަޔާތް އޮންނާނީ ނުރައްކަލާއި ރައްކަލާ ދެމެދުގައި ކަމަށެވެ. އެހެންކަމުން އެ ދެޙާލަތުގެ ދެމެދުން ސަލާމަތުން ކުރިއަށް ދިޔުމަށްޓަކައި، ފިކުރީ ގޮތުން އަޅުގަނޑުމެންނަށް އަންނަން ޖެހޭ ތަރައްޤީއާއި، ޒަމާނަށް ލޯ ހުޅުވިފައި ހުންނަން ޖެހޭ ހުރުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އެހެންކަމުން ފިކުރީ ގޮތުން ދިވެހީންނަށް އަންނަންޖެހޭ ތަރައްޤީ އައުމާއެކު ޒަމާނަށް އަންނަ ބަދަލުތަކާ އެއްވަރަށް ދިވެހީންގެ ވިސްނުން ވެސް ތަރައްޤީވާންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިވެހި ޤައުމުގެ ސަލާމަތަށްޓަކައި ދިވެހީން، އެއްވެސް ބޭރުގެ ބަޔަކާ ނުގުޅި މަލާބާރީންގެ އަތްދަށުން ދިވެހި ޤައުމު ސަލާމަތް ކުރުމަށް ކުރި މަސައްކަތަކީ ޤައުމުދެކެ ލޯބިވާ މިންވަރު ދައްކުވައިދޭކަމެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. ދިވެހީންގެ މިނިވަންކަން އަނބުރާ ލިބުނީ ދިވެހީން އެއްބައިވަންތަ ވިސްނުމުގައި، ސިއްރުން ރޭވިގެން ދެވުނު ކުއްލި ޙަމަލާއަކުން ކަމަށާއި، އެޙާލަތުގައި ދިވެހީން އިސްކުރި ޤައުމީ މަޞްލަޙަތު، ޤައުމުގެ ސަލާމަތަށް ބެހެއްޓި ފަރުވާތެރިކަމާއި އަމާނާތްތެރިކަމަކީ މިފަދަ ދުވަހެއްގައި ފާހަގަކުރަން ޖެހޭ ކަމެއް ކަމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ގުޅުންހުރި

ޗައިނާގެ ނެޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއާމަން، ޤައުމީ ދާރުލްއާސާރަށް ޒިޔާރަތް ކުރައްވައިފި

ދިވެހި ތަރިކައިގެ ދާއިރާއިން 40 ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް ހަވާލުކޮށްފި

ދާރުލްއާސާރު ތަރައްޤީކުރުމުގައި އެއްވެސް ތަރިކައެއް ނައްތާލާފައި ނުވާނެ - ވަޒީރު
-1754537238044.webp&w=3840&q=75)




