
--
ދިވެހި ރާއްޖޭގެ ގައުމީ ކުތުބުހާނާއިން ގދ ހޯޑެއްދޫ ސްކޫލަށް ފޮތް ހަދިޔާކޮށްފިއެވެ.

ކުތުބުހާނާއިން ބުނީ ހަދިޔާކޮށްފައިވަނީ ވާހަކަ ފޮތްތަކާއި، މުދައްރިސުންގެ މުހިންމު ރެފަރެންސް ފޮތްތަކާއި، މެގަޒިންސް އަދި އެޑިއުކެޝަނަލް ލީފްލެޓސް ކަމަށެވެ.
ދިވެހި ރާއްޖޭގެ ގައުމީ ކުތުބުހާނާއިން އަންނަނީ އެކިއެކި އިދާރާތަކަށާއި ސްކޫލުތަކަށް ފޮތް ހަދިޔާކުރަމުންނެވެ.
ސްކޫލުތަކަށް ފޮތްތައް ހަދިޔާކުރަނީ ސްކޫލްތަކުގެ ލައިބްރަރީ މުއްސަނދިކުރުމުގެ މަގުސަދުގައި ކަމަށް ދިވެހި ރާއްޖޭގެ ގައުމީ ކުތުބުހާނާއިން ވަނީ ބުނެފައެވެ.
މިއަހަރުގެ މިހާތަނަށް ގައުމީ ކުތުބުޚާނާއިން ވަނީ ޖުމްލަ 1،000 އަށްވުރެ ގިނަ ފޮތް އެކި ސްކޫލްތަކަށް ހަދިޔާ ކޮށްފައެވެ.
ގުޅުންހުރި

ސްމާޓް ސިޓީ މިޝަންގައި ހޯނޑެއްދޫ ކައުންސިލް އިންޑިއާއަށް: ހުރިހާ ހަރަދެއް އިންޑިއާ ސަރުކާރުން!

ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސް ނިންމަވައިފި

ހޯނޑެއްދޫގައި އޭޓީއެމްއެއް ބެހެއްޓުމަށް ބީއެމްއެލްއާއި އެކު ސޮއިކޮށްފި





