ސްޓްލްކޯއިން ތަރައްޤީކުރާ އީވީ ޗާޖިންގ ސްޓޭޝަނަގެ މަސައްކަތް މިނިސްޓަރު އަމީން ބައްލަވާލައްވައިފި
އަހުމަދު ޝުރާއު
12/4/2024, 3:13:41 PM
--
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ސްޓެލްކޯއަށް ޒިޔާރާތްކުރައްވައިފި އެވެ.
މިނިސްޓަރު އަމީން ސްޓެލްކޯއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ އާއި އެކުންފުނީގެ އެހެނިހެން އިސްވެރިންނެވެ.
މިއަދު ޒިޔާރާތުގައި މިނިސްޓަރު އަމީން ވަނީ އެމްޑީ ފަހުމީއާއި އެކު ޚާއްސަ މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފައި އެވެ. އޭގެ ތެރޭގައި މިނިސްޓްރީއާއި ގުޅުގެން ކުރެވޭނެ ކަންކަމާއި މިހާރު ސްޓެލްކޯއިން ތަރައްޤީކުރަމުން އަންނަ އިލެކްޓްރިކް ވެހިކަލް ޗާޖް ސްޓޭޝަނާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައި އެވެ.
އަދި އެއަށްފަހު މިނިސްޓަރު ވަނީ އެ ކުންފުނީގެ އިންޖީނުގޭގެ މަސައްކަތްތައް ދާގޮތާއި، އިލެކްޓްރިކް ވެހިކަލް ޗާޖް ކުރެވޭގޮތަށް ދޮންއަދަރާދަ ހިނގުމުގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ޗާޖިންގސްޓޭޝަންތަކުގެ އަމަލީ މަސައްކަތް ކުރިޔަށް ދާގޮތްވެސް ބައްލަވާލައްވާފައި އެވެ.
ސްޓެލްކޯއިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި އީވީ ޗާޖިންގ ސްޓޭޝަންގެ މަސައްކަތަކީ އީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުފުޅުތަކުގެ ތެރެއިން ކާބަން ފުޓް ޕްރިންޓް ކުޑަކުރުމަށާއި، ޤައުމަށާއި ދުނިޔެއަށް އަންނަ ކުރިއެރުންތަކާއިއެކު، ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކަށް އޮންނަ ޑިމާންޑްބޮޑުވެ، އެފަދަ އުޅަނދުތައް ގެންގުޅެން ބޭނުންވާ ފަރާތްތަކަށާއި، އަދި މިހާރުވެސް ގެންގުޅޭ ފަރާތްތަކަށް ލުއި ފަސޭހަތައް ހޯދައިދިނުމަށް ކުރާ މަސައްކަތެއް