logoEN
Sto top
ރާއްޖޭގައި ވިލުންތެރި ގެދޮރު ބިނާކުރުމުގެ އިރުޝާދު ފޮތް އިފުތިތާހުކޮށްފި

ރާއްޖޭގައި ވިލުންތެރި ގެދޮރު ބިނާކުރުމުގެ އިރުޝާދު ފޮތް އިފުތިތާހުކޮށްފި

އަހުމަދު ޝުރާއު

logo

12/2/2024, 11:21:53 AM

# އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ

--

ދިވެހިރާއްޖޭގައި ވިލުންތެރި ގެދޮރު ބިނާކުރުމުގެ އިރުޝާދު ފޮތެއް އިފްތިތާހްކޮށްފި އެވެ.

Wamco

މިއަދު ބޭއްވި ރަސްމިއްޔާތެއްގައޮ މި ފޮތް އިފުތިތާހުކޮށްދެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްޠަލިބެވެ. އަދި މިނިސްޓަރ ވަނީ މި ފޮތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް މުޙައްމަދު އިބްރާހީމްއާއި ޙަވާލުކުރައްވާފައެވެ.

މި އިރުޝާދު ފޮތަކީ ވޯލްޑް ބޭންކުގެ ހައުސިންގ ރެސިލިއަންސް ޓެކްނިކަލް އެސިސްޓަންސްގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓްއެކެވެ. ރައްކައުތެރި ގެދޮރު ބިނާކުރުމަށާއި ކާރިސާތަކާއި މޫސުމަށް އަންނަ ބަދަލުތަކުން ގެދޮރު އިތުރަށް ރައްކައުތެރިކުރުމަށާއި ދެމެހެއްޓެނިވި ގޮތަކަށް ގެދޮރު އިމާރާތްކޮށް ގޭގައި ދިރިއުޅުން ދުޅަހެޔޮކުރުމަށްޓަކައި ބޭނުންކުރެވިދާނެ އިރުޝާދު މި ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.

ރާއްޖޭގެ އަތޮޅުތަކުގެ ގިނަ ރަށު ކައުންސިލްތައް އޮންލައިންކޮށް މި ރަސްމިޔާތުގައި ބައިވެރިވެފައިވާއިރު އެކި ވުޒާރާތަކާއި އިދާރާތަކާއި އިންޓަރނޭޝަނަލް އޯގައިނޭޒޭޝަންތަކުގެ ބޭފުޅުންވެސް ވަނީ މިއަދު ބޭއްވުނު ޙަފުލާގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ޙަފުލާގައި ވޯލްޑް ބޭންކުގެ ސީނިއަރ ހައުސިންގ ސްޕެޝަލިސްޓް ކަމުގައިވާ މިސް. ޑާއޯ ހެރިސަން ވެސް ބައިވެރިވެވަޑައިގެން ޙަފުލާގައި ވާހަކަފުޅުދައްކަވާފައިވެއެވެ. އަދި މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބްއާއި ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ނިމާލް ވަނީ މިފަދަ ފޮތެއް ތައްޔާރުކުމުގެ މުހިއްމުކަމާއި ވިލުންތެރި ގެދޮރު ބިނާ ކުރުމުގެ މުހިއްމުކަމާއި ބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.

މި ފޮތް ތައްޔާރުކޮށްފައިވަނީ ބޭރުގެ ފަންނީ ފަރާތެއް ކަމުގައިވާ ބިލްޑް ޗޭންޖާއި ދިވެހިރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ ރިޔަން ޕްރައިވެޓް ލިމިޓަޑާ ގުޅިގެންނެވެ.

މި މަސައްކަތައް ފަންޑުކޮށްފައިވަނީ ވޯލްޑް ބޭންކުގެ ގްލޯބަލް ފެސިލިޓީ ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އެންޑް ރިކަވަރީ ގެ އިތުރުން ޖަޕާނު ސަރުކާރާއި ކްލައިމެޓް ޗޭންޖް ފައިނޭންސް ގެޕް ފަންޑުގެ އެހީތެރިކަމާއެކުގައެވެ. ފޮތް އިފުތިތާހުކުރުމަށްފަހު ވިލުންތެރި ގެދޮރު ބިނާކުރުމުގެ މުހިއްމުކަމާ ބެހޭގޮތުންވަނީ އިންޓަރނޭޝަނަލް އެކްސްޕަރޓް އެލިޒަބެތް ހައުސްލަރ ވަރޗުއަލް ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ. އަދި މިއަށް ފަހު ޕެނަލް ޑިސްކަޝަންއެއްވެސް ވަނީ މި މައުލޫއާއި ގުޅިގެން ކުރިއަށްއަށްގެންގޮސްފައެވެ. ޕެނަލިސްޓުންގެ ގޮތުގައި ނޫނު އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ބަޝީރު, އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ ސީއަޑީޑީ ޑިޕާރޓްންޓްގެ ޑިރެކްޓަރ ފާތިމަތު ޝައުފާ, ރިޔަން ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ ފާތިމަތު ރަޝީދު, އަދި ޕްރޮޖެކްޓް މެނޭޖަރ އެންޑް ކޮންޓްރެކްޓަރ އިބްރާހީމް ޖަލީލް ހިމެނެއެވެ.

އިތުރު ހަރަކާތްތަކުގެ ތެރެއިން ފުވައްމުލަށް ސިޓީ އަދި ހއ. ތުރާކުރުނުގައިވެސް ވިލުންތެރި ގެދޮރު ބިނާކުރުމުގެ އިރުޝާދު ފޮތް މި ހަފްތާތެރޭގައި އިފުތިތާހުކުރެވިގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside