logoEN
cocacola
ސްޕެޝަލް އޮޕަރޭޝަންސްގެ ފުލުހުންނަށް ސީޕީއާރު – އޭއީޑީ ޕްރޮގްރާމެއް ހިންގައިފި

ސްޕެޝަލް އޮޕަރޭޝަންސްގެ ފުލުހުންނަށް ސީޕީއާރު – އޭއީޑީ ޕްރޮގްރާމެއް ހިންގައިފި

އަހުމަދު ޝުރާއު

logo

12/2/2024, 5:56:00 AM

# ދިވެހި ފުލުހުންގެ ޙިދުމަތް# ދިވެހި ސިފައިން

--

އެމްއެންޑީއެފް މެޑިކަލް ކޯރއިން މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރާ ސްޕެޝަލް އޮޕަރޭޝަންސްގެ ފުލުހުންނަށް ސީޕީއާރު – އޭއީޑީ ޕްރޮގްރާމެއް ހިންގައިފިއެވެ.

ގޮސިޔާ

ޕްރޮގްރާމް ނިންމުމުގެ ގޮތުން މިއަދު އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި، ޕްރޮގްރާމް ފުރިހަމަކުރި ބައިވެރީންނަށާއި ޕްރޮގްރާމުގެ މުދައްރިބުންނަށް ސެޓްފިކެޓު ހަވާލުކޮށްދެއްވީ، ޑެޕިއުޓީ ހެޑް އޮފް އޮޕަރޭޝަންސް ސަޕޯޓް ކޮމާންޑް، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޔޫނުސް ޞޮބާޙްއެވެ.

ނޮވެންބަރު 19 އިން 26 ވަނަ ދުވަހުގެ ނިޔަލަށް އިސްކަންދަރުކޮށީގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓުން 39 ފުލުހުން ބައިވެރިވެ، ހުރިހާ ބައިވެރީން ވަނީ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

މި ޕްރޮގްރާމުގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި، ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ އަސާސީ ހުނަރުތަކާއި، ދިމާވެފައިވާ މެޑިކަލް އެމަޖެންސީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދެނެގަންނާނެގޮތާއި، ސީޕީއާރު ދޭން ޖެހިއްޖެ ހާލަތެއްގައި އެންމެ އެކަށޭނެގޮތުގައި ސީޕީއާރު ދޭނެ ގޮތާއި، ސީޕީއާރު ދިނުމުގައި އޭއީޑީ ބޭނުންކުރާނެ ގޮތް ހިމެނެއެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދީފައިވަނީ އެމްއެންޑީއެފް މެޑިކަލް ކޯރގެ މުދައްރިބުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ