logoEN
Sto top
ފުވައްމުލަކާއި އައްޑޫ ސިޓީ ހުދު ސަމާލުގައި

ފުވައްމުލަކާއި އައްޑޫ ސިޓީ ހުދު ސަމާލުގައި

އަހުމަދު ޝުރާއު

logo

11/28/2024, 6:50:26 AM

# ހުދު ސަމާލު

--

ރާއްޖޭގެ އެންމެ ދެކުނުގެ ދެ އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ.

Wamco

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ފުމައްމުލައް ސިޓީއަަށާއި އައްޑޫ ސިޓީއަށެވެ. އެގޮތުން އެސަމާލު ނެރެފައި ވަނީ މިއަދުގެ މެންދުރު 11:30 އިން ފެށިގެން ހަވީރު 17:30 ގެ ނިޔަލަށެވެ.

އެ އިދާރާއިން ބުނީ, މި މުއްދަތުގައި އެސަރަހައްދަށް 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އިރުން ބޭ އޮފް ބޭންގަލްގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވާނެކަމަށް ބެލެވޭ ކަމަށާއި މި ކޮޅިގަނޑު ދަތުރުކުރަމުންދާނެ ކަމަށް ބެލެވެނި ހުޅަނގުއުތުރުން އިންޑިއާގެ ޓެމިލްނާޑް - ސްރީލަންކާ އައްސޭރިފަށާއި ދިމާލަށް ކަމަށެވެ. އަދި މީގެ އިތުރުން ރާއްޖެއާއި ދުރުން ރާއްޖޭގެ އިރުދެކުނުގައިވެސް ކޮޅިގަނޑެއް އުފެދިފައިވުވުމް މި ދެކޮޅިގަނޑާއި ގުޅިގެން 27 ނޮވެމްބަރު ވާ ބުަދަ ދުވަހުން ފެށިގެން ކުރިޔަށް އޮތް 5 ދުވަހު ރާއްޖޭގެ ސަރަހައްދުގެ އާންމު ވައިބާރުވާނެ ކަމަށް ބެލެވޭ ކަމަށް އެއިދާރާއިން ވަނި ބުނެފައި އެވެ.

އެގޮތުން އާންމު ގޮތެއްގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދު ބާރުމިނުގައި އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއިރު 13 މޭލައި 23 މޭލައި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ ކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

އެއިދާރާއިން ވަޞި ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ކަނޑުތައް ގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ވެސް އިލްތިމާސްކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside